ނަފްސާނީ އެހީތެރިކަން ބޭނުންވާ މީހަކަށް އެންމެ ގިނަ މީހުން ދޭ އެއް ނަސޭހަތަކީ ކަންކަމާމެދު މާ ބޮޑަށް ވިސްނުން ހުއްޓާލުމަށް ނުވަތަ "އޯވާތިންކް" ނުކުރުމަށް ދެވޭ ނަސޭހަތެވެ.
އެހެން ނަމަވެސް މާ ބޮޑަށް ނުވިސްނާށޭ ބުނެ ދެވޭ ނަސޭހަތަކީ އެންމެ ރަނގަޅު ނަސޭހަތެއް ނޫން ކަމަށް ނަފްސާނީ މާހިރުން ވަނީ ބުނެފަ އެވެ.
ސިކުނޑިއަކީ އަބަދުވެސް ކަންކަމުގައި ޔަގީންކަން ހޯދުމަށް މަސައްކަތްކުރާ އެއްޗަކަށްވާތީ، މިފަދަ ނަސޭހަތްތަކުގެ ސަބަބުން ކަންކަމާ މެދު ވިސްނުން އިތުރަށް ގޯސްވުން ނޫން ކަމެއް ނުވާ ކަމަށް އެ ފަރާތްތަކުން ބުނެ އެވެ.
ނަފްސާނީ މާހިރުން ފާހަގަކުރާ ގޮތުގައި، ސިކުނޑިން މާ ބޮޑަށް ވިސްނަނީ އިންސާނާއަށް ދެރައެއް ދިނުމަކަށް ނޫނެވެ. ނަމަވެސް އެއީ ނޭނގޭ ކަންކަމުން ރައްކާތެރިކަން ހޯދައި، ކަންކަން ކަށަވަރު ކުރުމަށް ސިކުނޑިން ކުރާ މަސައްކަތެކެވެ.
މައްސަލައަކީ ވިސްނުން އެއް ކަމެއްގައި އެނބުރެން ފެށުމުން، އެއީ ހައްލެއް ހޯދުމުގެ ބަދަލުގައި އިތުރު ހާސްކަމެއް އުފައްދާ ކަމަކަށް ވެގެން ދިއުމެވެ.
މިފަދަ ހާލަތްތަކުން އަރައިގަތުމަށްޓަކައި ސިކުނޑިއަށް އަންނަ ހިޔާލުތަކާ ދެކޮޅަށް ގޯސްކޮށް ވަކާލާތު ކުރުމުގެ ބަދަލުގައި، އެއީ ހަމައެކަނި ހިޔާލެއްގެ ގޮތުގައި ބަލައިގަތުން މުހިއްމެވެ.
އެގޮތުން އެފަދަ ހާލަތްތަކުގައި އަމިއްލަ ނަފްސާ ތިން ސުވާލެއް ކޮށްލުމަށް މާހިރުން އިރުޝާދުދެ އެވެ. އޭގެ ތެރޭގައި މިވަގުތު މިކަމުގައި ކުރެވޭނެ އަމަލީ ކަމެއް އެބައޮތްތޯ، އެނގެނީ ތެދު މައުލޫމާތުތޯ ނުވަތަ އަމިއްލަ އަންދާޒާތަކެއްތޯ، އަދި މަސައްކަތް ކުރެވެނީ ހައްލެއް ހޯދަންތޯ ނުވަތަ މުތުލަގު ޔަގީންކަމެއް ހޯދަންތޯ ސުވާލު ކުރުން ހިމެނެ އެވެ.
މީގެ އިތުރުން ސިކުނޑި މާވަރަކަށް މަސައްކަތްކުރާ ނަމަ ކުޑަކުޑަ އަމަލީ ކަމެއް ކޮށްލުމަކީ ވިސްނުމުގެ ދާއިރާ ބަދަލު ކޮށްދޭނެ ކަމެކެވެ.
އެއާއެކު ދުވަހުގެ ތެރޭގައި ކަންބޮޑުވުންތަކަށް ހާއްސަ 15 މިނެޓުގެ ވަގުތުކޮޅެއް ކަނޑައެޅުމާއި، ހަށިގަނޑަށް އަރާމުދީ ވަގުތުން ކުރެވޭނެ ކަންކަމަށް ސަމާލުކަން ދިނުމަކީ ނަފްސާނީ ހަމަޖެހުން ހޯދުމަށް އެހީތެރި ވެދޭނެ ފިޔަވަޅުތަކެކެވެ.
ނޭނގި ނަމަވެސް ކައިވެނީގައި އާއްމުކޮށް ހެދޭ 5 ގޯހާއި އޭގެ ހައްލު!
މުމްބާއީ މުޒާހަރާގައި ބައިވެރިވި އިމްރާން ފުލުހުންގެ ހައްޔަރަށް!
ޑަބްލިއުއެޗްއޯ ތަފާސް ހިސާބު: މިއީ އެންމެ ހާސްކަން ބޮޑު ޖީލު!