ބޭންކް އޮފް މޯލްޑިވްސް އިން އެމެރިކަން އެކްސްޕްރެސް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ޕްރޮމޯޝަނެއް ފަށައިފި އެވެ. މި ޕްރޮމޯޝަނަކީ ބީއެމްއެލް އިން ދޫކޮށްފައިވާ އެމެކްސް ޑެބިޓް އަދި ކްރެޑިޓް ކާޑުން ކަސްޓަމަރުން ކުރާ ވިޔަފާރިތަކަށް ހާއްސަކޮށްގެން ތައާރަފްކުރެވުނު ޕްރޮމޯޝަނެކެވެ.

މި ޕްރޮމޯޝަނުގައި ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ދެ ފަރާތަކަށް 25،000 ރުފިޔާގެ އަގުހުރި ގިފްޓް ބަންޑަލް އެއް ލިބޭނެ އެވެ.

އެމެރިކަން އެކްސްޕްރެސް ޑެބިޓް އަދި ކްރެޑިޓް ކާޑުން ވިޔަފާރިކޮށްގެން ކަސްޓަމަރުންނަށް ފިޓްނަސް، ކަލިނަރީ، ވެލްނަސް އަދި އެންޓަރޓެއިންމަންޓާ ގުޅުންހުރި ގިފްޓް ބަންޑަލް ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ.

މި ޕްރޮމޯޝަން ކުރިޔަށްދާނީ މާދަމާ އިން ފެށިގެން މި އަހަރުގެ ނިޔަލަށެވެ.