ގަލޮޅުގައި ހުންނަ ގެއަކަށް ރޭގެ ވަގުތެއްގައި ބަޔަކު ވަދެ ގާތްގަނޑަކަށް ތިން ލައްކަ ރުފިޔާ ފޭރުނު މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، ގަލޮޅު ގެއަކަށް ބަޔަކު ވަދެ ފޭރުނު މައްސަލައެއް އެ އިދާރާއިން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި މި މައްސަލައާ ގުޅޭ އިތުރު ތަފުސީލު ފަހުން ހިއްސާކުރާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެނގިފައިވާގޮތުގައި ބަނަފްސާމަގުގައި ހުންނަ ގ. ޑްރީމް އޮފް ގާޑަން ކިޔާ ގެއަކަށް މޫނު ނިވާކޮށްގެން ތިބި ދެ ފިރިހެނަކު އެ ގެއަށް ވަދެ، އެ ވަގުތު ގޭގައި ތިބި ދެ އަންހެނަކާއި ފިރިހެނަކު ބަނދެ ރަހީނުކޮށް ވަޅިން ބިރުދެއްކުމަށްފަހު ގާތްގަނޑަކަށް ތިން ލައްކަ ރުފިޔާ ވަނީ ފޭރިގެންފަ އެވެ.
މިހާތަނަށް އެ މީހުން ހޯދިފައެއްނުވެ އެވެ.
ނާގޮށި ނިންމައި އަހަރެއް ތެރޭ ހުޅުވޭނެ ކަމަށް ބެލެވޭ: އަމީން
ގްރަމީގެ 9 ކެޓަގަރީއަކަށް "ދުރަންދަރް 2"ގެ މިއުޒިކް ހުށައަޅައިފި
ފުއްގިރި މައްސަލައާ ގުޅިގެން ޔާމީންގެ ޝަރީއަތް މާދަމާ
