ގއ. ވިލިނގިލީ ފަޅުގައި ބައިނަލްއަގުވާމީ އެއާޕޯޓެއް ތަރައްގީކުރުމާއި 17 ރިސޯޓު އެޅުމުގެ އަމަލީ މަސައްކަތް އާ ކޮންޓްރެކްޓަރަކާ އެކު އަންނަ މަހުގެ ތެރޭގައި ފެށޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
"އަހާ" ފޯރަމްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ، އެ މަސައްކަތް ކުރިން ހަވާލުކުރި ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން ބާތިލްކޮށްފައިވާ ކަމަށާއި އާ އެއްބަސްވުމެއްގެ ދަށުން އަމަލީ މަސައްކަތްތައް މިއަންނަ މަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށެވެ.
މި މަޝްރޫއު ކުރިން ހަވާލުކޮށްފައިވަނީ ބެލްޖިއަމްގެ ބެސިކްސް ކޮންސްޓްރަކްޝަން ގްރޫޕާ އެވެ. ނަމަވެސް އެ އެއްބަސްވުން ބާތިލުކުރަން މެދުވެރިވި ސަބަބު މިނިސްޓަރު ހާމަކުރައްވާފައެއް ނުވެ އެވެ.
ވިލިނގިލީގައި ބައިނަލްއަގުވާމީ ފެންވަރުގެ އެއާޕޯޓެއް އެޅުމާއި ފަތުރުވެރިކަމަށް ރަށްތަކެއް ތަރައްގީކުރުމަކީ ސަރުކާރުން ބޮޑު އިސްކަމެއްދީގެން ކުރިއަށްގެންނެކަން އިއުލާންކުރި މަޝްރޫއެކެވެ. މި މަޝްރޫއުގެ ސަބަބުން ދެކުނުގެ އަތޮޅުތަކުގެ އިގްތިސާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބި، ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
74 ޕަސެންޓް ޓޫރިސްޓުން ޗުއްޓީ ހޭދަކުރީ ރިސޯޓްތަކުގައި
ފުއްގިރި މައްސަލައާ ގުޅިގެން ޔާމީންގެ ޝަރީއަތް މާދަމާ
އެކަނިވެރި މައިންގެ އެހީ ޕްރޮގްރާމުން 84 މީހުން އުނިކޮށްފި
