ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ އަންނަ ފެބުރުވަރީ މަހުގެ ފަސް ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.
މަޖިލީހުގެ ކޮމިޔުނިކޭޝަން ޑިރެކްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ ފެބްރުއަރީ ފަހެއް ވާ ހޯމަ ދުވަހުގެ 9:00 ގައި މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބާއްވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ނިންމަވާފައިވާ ކަމަށެވެ.
ގާނޫނު އަސާސީގައިވާގޮތުން ކޮންމެ އަހަރެއްގައި ވެސް ބާއްވާ އެންމެ ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން ހުށަހަޅަންޖެހޭނެ ކަމަށެވެ. އެ ރިޔާސީ ބަޔާނުގައި ގައުމުގެ އޭރުގެ ހާލަތު ބަޔާންކޮށްދީ، އިތުރަށް ރަނގަޅު ކުރުމަށް އެ އަހަރު ދުވަހަށް ރައީސް ކުރައްވަވަން ރާވާފައިވާ ކަންކަން މަޖިލީހަށް އިއްވަވަން ޖެހޭ ކަމަށް ގާނޫނު އަސާސީގައިވެ އެވެ.
އެ ދުވަސް ވެގެންދާނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ފުރަތަމަ ރިޔާސީ ބަޔާން އިއްވާ ދުވަހަށެވެ. މަޖިލީސް ޗުއްޓީއަށް ދިޔައިރު ރައީސް މުއިއްޒުގެ ކެބިނެޓަށް ރުހުންދިނުމާ މެދު ގޮތެއް ނިންމާފައެއްނުވެ އެވެ.
ދާދިފަހުން ވަނީ އެމްޑީޕީއަށް ނިސްބަތްވާ ގިނަ އަދަދެއްގެ މަޖިލީސް މެމްބަރުން ސަރުކާރު ހިންގާ ޕީއެންސީއަށް ސޮއިކުރައްވާފަ އެވެ.