ގދ. ތިނަދޫ މޮނީޓަރިިންގެ ހާލަތަށް ގެނެސް، އެ ރަށަށް އަރާ ފޭބުން މަނާކޮށްފި އެވެ.
އެޗްޕީއޭއިން ބުނީ މިހާރު ތިނަދޫ މޮނީޓޓަރިންގެ ހާލަތަށް ގެނެސް، އެކަން މިހާރު ވަނީ އެރަށު ކައުންސިލަށް އަންގަފަ އެވެ.
އެޗްޕީއޭއިން ބުނިގޮތުގައި ތިނަދޫ މޮނީޓަރިންއަށް ލާފައި ވަނީ މިމަހުގެ ތިންވަނަ ދުވަހު އައްޑޫން އެ ރަށަށް ދިޔަ މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.
އެޗްޕީއޭއިން ބުނިގޮތުގައި ތިނަދޫ އިން ޕޮޒިޓިވްވި މީހާއަކީ އައްޑޫން ޕޮޒިޓިވްވި މީހެއްގެ ޑިރެކްޓް ކޮންޓެކެވެ.
ތިނަދޫގައި ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދެ އެވެ.
ފަހަތުން ފޮޓޯ ނަގާނަމަ ފިޔަވަޅު އަޅަން ސަލްމާން އިންޒާރު ދީފި
ނޭނގި ނަމަވެސް ކައިވެނީގައި އާއްމުކޮށް ހެދޭ 5 ގޯހާއި އޭގެ ހައްލު!
ނުނިމި ގިނަ ދުވަސްވެފައިވާ ރިސޯޓުތައް އަންނަ ހަފްތާގައި އަތުލަނީ
