ބަލާ ބެލުމަށް މިއީ އަހަރުމެން ކުޑައިރު ކުޅެން ގެންގުޅުނު ކަހަލަ ކުޅޭ ކުޅޭ ގަޑިއަކާ ވައްތަރު ވެދާނެ އެވެ. އެހެން ނަމަވެސް ހަގީގަތުގައި މިއީ އެތައް ހާސް ޑޮލަރެއްގެ އަގުހުރި ގަޑި އެކެވެ.
މިއީ ފުޓުބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ ލޯބިވެރިޔާ ޖޯޖީނާގެ އުފަން ދުވަހުގެ ހަދިޔާއަކަށް ދިން ގަޑި އެވެ. ހަބަރުތައް ބުނާ ގޮތުގައި މި ގަޑީގެ އަގަކީ ގާތްގަނޑަކަށް 100،000 ޔޫރޯ އެވެ.
ފިޔާތޮށި ކުލައިގެ ޕްލާސްޓިކް ކަމަރެއް ލާފައިވާ މި ގަޑީގެ މައިގަނޑު ޑިޒައިން ކުރެވިފައިވަނީ އެތައްހާސް ޑޮލަރެއްގެ އަގުހުރި ޖަވާހިރު ބޭނުންކޮށްގެންނެވެ.
މި ގަޑީގެ ފޮޓޯއެއް ޖޯޖީނާ އޭނާގެ އިންސްޓަގްރާމްގައި ހިއްސާ ކުރުމުން ގިނަ ބަޔަކު އަންނަނީ އެކަމާ ބެހޭ ގޮތުން އެކި ކަހަލަ ޝުއޫރުތައް ފާޅު ކުރަމުންނެވެ.
އެގޮޮތުން ބައެއް މީހުން މިއީ ޅަފަތުގެ ހަނދާން އާކޮށްދޭ ހަދިޔާއެއް ކަމަށް ބުނާއިރު އަނެއްބަޔަކު ބުނަނީ މިއީ ކުޑަކުދިންގެ ކުޅޭ އެއްޗެއް ކަމަށެވެ.
ޝައިޚް ޙަމަދުގެ އާއިލާއަށް ތައުޒިޔާ ދެންނެވުމަށް ރައީސް ގަތަރަށް
ޔޫއޭއީގެ ތެޔޮ ޓޭންކަރަކަށް ދިން ހަމަލާއެއްގައި މީހަކު މަރުވެއްޖެ
އޭސީއާ ނުލާ ގޭތެރޭގެ ފިނި ހޫނުމިން ދަށް ކުރެވިދާނެ ދެތިން ގޮތެއް!