މިދުވަސްވަރު މާލެ ސަރަހައްދުގައި ކޮވިޑް ފެތުރުން އިންތިހާއަށް އިތުރުވަމުންދާތީ ވެހިކަލް ދުއްވުން މަނާ ވަގުތު ހަވީރު 6:00ން ހެނދުނު 6:00 އަށް މިއަދުން ފެށިގެން އިތުރުކޮށްފި އެވެ.

ސަރުކާރުން މީގެ ކުރިން ވަނީ މިމަހުގެ ތިންވަނަ ދުވަހުން ފެށިގެން ފެށިގެން ރޭގަނޑު 8:00 ން ފަތިހު 4:30 އަށް މާލެ ސަރަހައްދުގައި ވެހިކަލް ދުއްވުން މަނާކޮށްފަ އެވެ.

ކޮވިޑް ކޭސްތައް އިތުރުވާން ފެށުމުން މިދިޔަ މަހުގެ 27 ވަނަ ދުވަހުން ފެށިގެން ރޭގަނޑު 12ން ފެށިގެން ފަތިހު 4:00 އަށް ބޭރުގައި އުޅުމަކީ މަނާ ކަމެކެވެ.

މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާސް އެޅުން މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ވަނީ މަޖުބޫރުކޮށްފަ އެވެ.