މާލޭގެ ގެއެއްގެ ހަތަރު ވަނަ ފްލޯގައި ރޯވި އަލިފާން ކޮންޓްރޯލް ކޮށްފި އެވެ.
އެމްއެންޑީއެފް އިން ބުނީ އަލިފާން ރޯވީ މީހުން ދިރިއުޅޭ ގެއެއްގައި ކަމަށެވެ. މީހަކަށް އަނިޔާވިކަމެއް އަދި ނުވާކަމެއް ވެސް ބުނަން އަދި ދަތި ކަމަށް އެ މުއައްސަސާއިން ބުންޏެވެ.
އެ ސަރަހައްދުގައި ހުރި ގެތަކުން މީހުން ހުސްކުރުމުގެ މަސައްކަތް ފުލުހުންނާއި ސިފައިން އަންނަނީ ކުރަމުންނެވެ.
ނަމަވެސް އެ ހާދިސާގައި މީހަކަށް އަނިޔާވި ކަމެއް ނުވަތަ ނޫންކަމެއް އަދި ސާފެއް ނުވެ އެވެ.
އެނގިފައިވާ ގޮތުގައި ރޯވެފައިވާ ގެއަކީ ގިނަ ދުވަސްވެ، ބާވެފައިވާ އިމާރާތެކެވެ. އެތަން ބޮލަށް ވެއްޓެން ގާތްވެފައިވާއިރު، އެތަނުގެ ތެރޭގައި މީހުން ގާނޫނާ ހިލާފް ކަންކަން ކުރާކަމުގެ ޝަކުވާ ސޯޝަލް މީޑިއާގައި ބައެއް މީހުން ފާޅުކޮށްފައިވެ އެވެ.
ވޯލްޑް ކަޕް 2026: ހުޅުވުމުގެ ރަސްމިއްޔާތުގައި ނޯރާގެ ފެނިލުމެއް!
އީރާނަށް ހަމަލާދޭން ފެށުމާ ގުޅޭގޮތުން ޓްރަމްޕް މަޝްވަރާކުރަނީ
ސެމްސަންގްއާ ދެކޮޅަށް ޑުއަލިޕާ ދައުވާއެއް ކޮށްފި
