އުރީދޫ ނޭޝަންގެ އީއޭއެފްސީ މޯލްޑިވްސް ޗެމްޕިއަންޝިޕް ކޮންޓެންޑަރ ސީރީޒް، ސީޒަން 1 ފަށައިފި އެވެ. މިމުބާރާތް ފެށުމުގެ ގޮތުން އުރީދޫގެ ޗީފް ޓެކްނޮލޮޖީ އޮފިސަރު މަލްކަން ސިންގް ތަންވާ އަދި ޑިރެކްޓަރު އޮފް އޮޕަރޭޝަންސް ޝަބީން އަލީ ފުރަތަމަ މެޗު ކުޅުނެވެ.

ތިން ދުވަހަށް ދެމިގެންދާ މި މުބާރާތުގައި 20 އޭޕްރިލްގައި ފައިނަލް މެޗު ކުޅެވިގެންދާނީ ރައުންޑް ރޮބިން ސްޓައިލަށް ތިން ކުޅުންތެރިންގެ މެދުގަ އެވެ. މި މުބާރާތަށް 15000ރ. ގެ އިނާމެއް ހުށައަޅާފައިވާއިރު އެއްވަނަ ލިބޭކުޅުންތެރިޔާއަށް 8000ރ، ދެ ވަނައަށް 4500ރ އަދި ތިން ވަނައަށް 2500ރ. ލިބޭނެ އެވެ.

ގޭމަރުންގެ މެދުގައި އެންމެ މަގުބޫލު ނެޓްވޯކު، އުރީދޫ މޯލްޑިވްސް އިން މިއަހަރަށް ރާވައިފައިވަނީ ހާއްސަ ޝައުގުވެރި މުބާރާތްތަކެކެވެ. އަދި މިއަހަރު "އަލްޓިމޭޓް ޕްލޭޔާ" ޓްރޮފީ އަށް ވާދަކުރުމުގެ ފުރުސަތު ހުރިހާ ބައިވެރިންނަށް ވެސް ހުޅުވާލެވޭނެ އެވެ. "އަލްޓިމޭޓް ޕްލޭޔާ" އަކީ ގޭމަރުންގެ ތެރެއިން ހޮވާލެވޭ މޮޅު ފަންނާނެކެވެ. އަދި އެހެން ކުޅުންތެރިންނަށް ނަމޫނާ ފަރާތަކަށް ވެގެންދާނެ އެވެ. މިއީ ރާއްޖޭގައި މިފަދަ ފަންނާނެއް ހޮވޭ ފުރަތަމަ ފަހަރެވެ.