އުރީދޫ ނޭޝަން އީއޭއެފްސީ ސީރީޒް، ސީޒަން 1 ގެ ޗެމްޕިއަނަކަން މުހައްމަދު ޒަމީލް ޒިހުނީ ހޯދައިފި އެވެ.

އެޕްރީލް 18 އިން ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ދިޔަ އުރީދޫ ނޭޝަންގެ އީއޭއެފްސީ މޯލްޑިވްސް ޗެމްޕިއަންޝިޕް ކޮންޓެންޑަ ސީރީޒް، ގިނަ އަދަދެއްގެ ކުޅުންތެރިން ބައިވެރިވެ ހޫނު ތަރުހީބެއް ލިބުނު ކަމަށް އެ ކުންފުނިން ބުނެ އެވެ.

އުރީދޫ މޯލްޑިވްސް ހެޑްކުއާޓާސްގައި ބޭއްވި މި މުބާރާތް ކުރިއަށް ގެންދިޔައީ މޯލްޑިވްސް އީ-ސްޕޯޓްސް އެސޯސިއޭޝަނާ ގުޅިގެންނެވެ.

އުރީދޫން ބުނިގޮތުގައި ފޯރިގަދަ މެޗުތަކަކާއެކު ކުޅުންތެރިން މަސައްކަތް ކުރަމުންދިޔައީ ޗެމްޕިއަން ކަން ހޯދާ ފައިސާގެ އިނާމުތައް ހޯދުމަށެވެ. އަދި ހުރިހާ ބައިވެރިންގެ ކިބައިން ވެސް ނަމޫނާ ރީތި ކުޅުން ފެނިގެން ދިޔަ އެވެ.

އީއޭއެފްސީ މޯލްޑިވްސް ޗެމްޕިއަންޝިޕް ކޮންޓެންޑާ ސީރީޒް، ސީޒަން 1 ގެ އެންމެ މޮޅު ކުޅުންތެރިންނަށް ހޮވުނީ:

ޗެމްޕިއަން: މުހައްމަދު ޒަމީލް ޒިހުނީ (8000ރ)

ރަނަރއަޕް: ރާއިދު ހަސަން (4500ރ)

ދެވަނަ ރަނަރައަޕް: މުހައްމަދު ރިޝްފާން އަހްމަދު (2500ރ)

އުރީދޫ މޯލްޑިވްސް ހެޑްކުއާޓާސްގައި ގައި ބޭއްވި އުރީދޫ ނޭޝަންގެ އީއޭއެފްސީ މޯލްޑިވްސް ޗެމްޕިއަންޝިޕް ކޮންޓެންޑަ ސީރީޒްގެ ތެރެއިން

އެ ކުންފުނިން ބުނިގޮތުގައި އުރީދޫ ނޭޝަންގެ ގެ ފަރާތުން ރާވައިގެން ކުރިއަށް މިގެންދާ މުބާރާތްތަކަކީ ރާއްޖޭގައި ކުރިއަރަމުންދާ އީ-ސްޕޯޓްސް ކޮމިއުނިޓީއަށް ހިތްވަރުދީ، އެންމެން އެއްތަނަކަށް ގެނެސް، ވާދަކުރެވޭނެ މާހައުލެއް ގާއިމުކޮށްދިނުމަށެވެ.

އުރީދޫއިން ބުނީ އެ ކުންފުނިން މަސައްކަތް ކުރަނީ ރާއްޖޭގައި އީ-ސްޕޯޓްސް ކުރިއަރުވާ އަދި މިކަމުގައި އުޅޭ ޒުވާނުންނަށް އިތުރު ފުރުސަތު ހޯދައިދިނުމަށް ކަމަށެވެ. އަދި އުރީދޫ ނޭޝަން ގޭމާސް ލޭންޑްގެ ކުރިއަށް ހުރި މުބާރާތްތައް ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.