ބޮލީވުޑް އަދި ހޮލީވުޑްގެ އެކްޓަރު ޕްރިޔަންކާ ޗޯޕްރާ އާއި އެމެރިކާގެ ލަވަކިޔުންތެރިޔާ ނިކް ޖޯނަސްގެ އަގުބޮޑުކޮށް ގަނެފައިވާ ގެ މަރާމާތު ކުރުމަށްފަހު އެ ގެއަށް ބަދަލުވުމަށް ތައްޔާރުވެއްޖެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ލޮސްއެންޖެލިސްގައި ހުންނަ އެ ގެ ހުސް ކުރަން ޕްރިޔަންކާ އާއި ނިކްއަށް މަޖުބޫރުވީ މި އަހަރުގެ ކުރީކޮޅު ފެނުގެ ސަބަބުން ގޭގައި ކިސަޑު ހެދިގެނެވެ.

އެ ގެ ޕްރިޔަންކާ އާއި ނިކް ގަނެފައި ވަނީ 20 މިލިއަން ޑޮލަރަށެވެ. އެއީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. މި ގޭގައި ހަތް ކޮޓަރި އާއި ނުވަ ފާހާނާ ހުންނަ ކަމަށްވެ އެވެ.

ޕްރިޔަންކާ އާއި ނިކް

މިދިޔަ ބުރާސްފަތި ދުވަހު ޕްރިޔަންކާ އިންސްޓަގްރާމްގައި ވަނީ އެގެ މަތިން ފެންނަ ފޮޓާ އާއި ގޭގެ ތެރޭގައި ނަގާފައިވާ ފޮޓޯތަކެއް ހިއްސާ ކޮށްފަ އެވެ.

ބެލްކަނީގައި ހުރެ އެލްއޭގެ ހިތްގައިމު ރޭގަނޑުގެ ވިއުއަކާއެކު ނަގާފައިވާ ފޮޓޯ ހިއްސާ ކުރަމުން އޭނާ ފެންނަ މަންޒަރެއް ހިއްސާ ކޮށްފަ އެވެ.

ނިކް އާއި ޕްރިޔަންކާ ކައިވެނިކުރީ ޑިސެމްބަރު، 1، 2018 ގަ އެވެ.

https://www.instagram.com/p/C4-K3hcu-Hk/?img_index=1

2022 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 15 ގައި ސަރޮގޭޓްކޮށްގެން އެމީހުން ވަނީ ކުއްޖެއް ހޯދާފަ އެވެ.

ޕްރިޔަންކާ އާއި ނިކް ދިރި އުޅެނީ އަންހެން ދަރިފުޅު މާލްޓީ މެރީ ޗޯޕްރާ ޖޯނަސްއާ އެކު ހޮލީވުޑް ހިލްސް މެންޝަންގަ އެވެ.