ރާއްޖެ އިން ބޭރުން އައި ޔޮޓަކުން ކ.ތުލުސްދުއަށް ކުއްތާއެއް ބޭލުވި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ފުލުހުން މިއަދު ބުނީ ކ. ހިންމަފުށީ ބޭރުގައި އޮތް ޔޮޓެއްގެ ފަތުރުވެރިންތަކެއް ތުލުސްދުއަަށް ކުއްތާއެއް ބޭލިކަމުގެ ރިޕޯޓް މިއަދު ލިބިގެން އެ ރަށަށް ގޮސް ހަރަކާތްތެރިވި ކަމަށެވެ.
ފުލުހުން ބުނީ އެ ކުއްތާ މިހާރު އަނބުރާ ޔޮޓަށް ގެންގޮސްފައިވާ ކަމަށެވެ.
އެ ކުއްތާއަކީ ހުއްދަ ލިބިގެން ރާއްޖެ އެތެރެކޮށްގެން އުޅޭ ކުއްތާއެއް ކަމަށް ފުލުހުން ބުންޏެވެ.
ފަތުރުވެރިއަކު އެ ކުއްތާ އުރައިގެން އުޅެނިކޮށް ނަގާފައިވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.
ކުއްތާއަކީ ރާއްޖޭގައި އެތެރެކޮށް ގެންގުޅުން މަނާ އެއްޗެކެވެ. އެކަމަކު، މަސްތުވާތަކެތި އަތުލައިގަތުމަށްތަކައި ފުލުހުން ކުއްތާ ގެންގުޅެ އެވެ. އެ ކުއްތާތައް ގެންގުޅެނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގަ އެވެ.
"ދްރިޝްޔަމް 3"އަށް 3 ދުވަހުން 100 ކްރޯޑް ރުޕީސް ލިބިއްޖެ
އުމުރުން ދުވަސްވާ ވަރަކަށް އަވަސް އަވަހަށް ކުޑަކަމު ދެެވޭތަ؟
ލަކްޝްއާއި އަނަންޔާގެ "ޗާންދު މޭރާ ދިލް"އަށް މަޑު ފެށުމެއް!