ދީޕިކާ ޕަދުކޯންއަކީ މިހާރު ބޮލީވުޑްގައި އެންމެ ގިނައިން އާމްދަނީ ލިބޭ އަންހެން ތަރި ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ. އެހެން ނަމަވެސް އެންމެ ފަހުގެ ރިޕޯޓުތައް ބުނާ ގޮތުގައި އެހެން ތަރިއަކު މިވަނީ އޭނާ ފަހަތަށް ޖައްސާލާފަ އެވެ.

މާލީ ކުންފުންޏެއް ކަމަށްވާ ކްރޯލްއިން ނެރުނު 2023 ވަނަ އަހަރުގެ "އެންމެ އަގުހުރި އިންޑިއާގެ ޝަހްސިއްޔަތުން"ގެ ލިސްޓުގެ އެންމެ ކުރީގައި މިހާރު އުޅެނީ އާލިއާ ބަޓް އެވެ.

އެގޮތުން އާލިއާގެ ބްރޭންޑް އަގެއްގެ ގޮތުގައި 101 މިލިއަން ޑޮލަރު ހުރިއިރު ދީޕިކާ ދެވަނައިގައި އުޅެނީ 96 މިލިއަން ޑޮލަރުގެ ބްރޭންޑް އަގަކާއެކުގަ އެވެ.

މީގެ ސަބަބެއްގެ ގޮތުގައި އެ ރިޕޯޓުގައި ފާހަގަ ކޮށްފައިވަނީ މިދިޔަ އަހަރުގެ ތެރޭގައި އިންޑިއާގެ މަޝްހޫރު ބްރޭންޑްތަކުގެ އެމްބެސަޑަރުކަން އާލިއާއަށް ލިބިފައިވުމެވެ.

އެއާއެކު އަލަތު ދަރިފުޅަށް ބަލިވެ އިން ދީޕިކާގެ މަސައްކަތްތައް ކޮންމެވެސް ވަރަކަށް މަޑުޖެހިލާފައިވާކަން ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.