ރަސްމާލެ ދުބާއީގެ ކުންފުންޏަކަށް 500 މިލިއަން ޑޮލަރަށް ވިއްކާލަން އުޅޭ ކަމަށް ބުނެ ސޯޝަލް މީޑީއާގައި ތުހުމަތުކުރަން ފަށައިފި އެވެ.
ސޯޝަލް މީޑިއާގައި ތުހުމަތުކޮށްފައިވާ ގޮތުގައި ރަސްމާލެ ވިއްކާލަން ނިންމާފައި ވަނީ ދުބާއީގެ މަޝްހޫރު ރިއަލް އެސްޓޭޓް ކުންފުނި އީމާރު ޕްރޮޕަޓީޒްއަށެވެ. އަދި އެކަމާ ގުޅޭ އެއްބަސްވުންތަކުގައި ވަރަށް އަވަހަށް ސޮއިކުރާނެ ކަމަށް ވެސް އެ ފަރާތްތަކުން ތުހުމަތުކޮށްފައިވެ އެވެ.
ރަސްމާލެ އަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު ރަށް ކަމުގައި އިއުލާންކޮށްފައިވާއިރު، އެ ރަށް ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ހައުސިން މިނިސްޓްރީން ބުނެ އެވެ. ނަމަވެސް އެ މަޝްރޫއު ނިންމުމަށް އެކި ތާރީޚްތައް ދީފައިވީ ނަމަވެސް، އެ މަސައްކަތް އަދިވެސް މުޅިން ނިމިފައެއް ނުވެ އެވެ.
މި މަޝްރޫޢާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ވަނީ ރަސްމާލެ ހިއްކަން ކުރި ޚަރަދުތަކުގެ ތަފްސީލް ހޯދުމަށް އެޗްޑީސީ އާއި އެމްއޭސީއެލް ގައި އެދިފަ އެވެ. ނަމަވެސް އެ މައުލޫމާތުތަކަކީ ވިޔަފާރީގެ ސިއްރެއް ކަމަށް ބުނެ އެ ކުންފުނިތަކުން ވަނީ މައުލޫމާތު ދޭން ދެކޮޅު ހަދާފަ އެވެ.
މި ބޮޑު މަޝްރޫއާ ގުޅޭގޮތުން ސަރުކާރުން ގެންގުޅޭ ތަސައްވުރާ ބެހޭގޮތުން ވާހަކަދައްކަވަމުން ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ މާލެ އާއި ރަސްމާލެއާ ދެމެދު އަންޑާ ވޯޓާ ޓަނަލްއެއް ވެސް އަޅާނެ ކަމަށެވެ.
މިއަހަރުގެ ނޯބެލް ސުލްހައިގެ އިނާމު ނާވީ ޕިއްލޭއަށް

ރަސްމާލެ ރަސްމާލެއަކަށް ވާނީ އީމާރު ކަހަލަ ކުންފުންޏަކަށް ކަޓުނުނަގައި ރަނގަޅު ޑީލެއްދީގެން. ބުރިޖް ޙަލީފާ ފަދަ އެތަކެއް ސަތޭކަ ޕްރޮޕަޓީ ޑިވަލޮޕްކޮށްފައިވާ އީމާރަށް ތިތަން ތަރައްޤީ ކުރެވޭނެ. މިކަމުން ދައްކުވައިދެނީ އިޙްލާސްތެރި މަސައްކަތްތަކެއް ކޮށްފިނަމަ ލ ގަމާއި، ފުވައްމުލަކާއި އައްޑޫ އަތޮޅަށްވެސް މިފަދަ އިންވެސްޓްމަންޓް ގެނެވިދާނެކަން. މިސަރުކާރަށް ހިއެއްނުވޭ މިކަންވެދާނެހެން. އެހެނީ މިމީހުނަށް ވާހަކަ ދެއްކޭނީ އީމާރުގެ ދޮރުވާރު މީހާއާއި. މިކަން ކުރެވޭނެ ޔާންޓޭ ނޫނީ ޝާޑުއަށް
ރައީސް މުއިއްޒު ވިދާޅުވީ ރަސްމާލެއާއި މާލެއާއި ދެމެދު އަންޑަރވޯޓަރ ޓަނަލްއެއް އެޅުމަކީ ވިޝަންއެއްކަމަށް ވަކި ދުވަހެއްގަ އަޅާނަމޭ ނުބުނޭ.! އެކަމަކީ ދުނިޔޭގެ ޓެކްނޮލަޖީ ކުރިއަރާފައިވާ ގޮތުން ނުވާނެކަމެއް ނޫން. އުއްމީދެއް ކުރުމަކީ ގޯހެއްނޫން އެއީ ކުރަން ބޭނުންވާތީ ބުނި ވާހަކައެއް.
ކޮންމެވެސް އެއްޗެކޭ ކިޔައިގެން ފިތުނަ އުފެއްދުން ނޫން ކަމެއް އިދިކޮޅަކަށް ނުވޭ
ތިޔައީ އެންމެރަގަޅު ގޮތަކީ. މިހާރު ތަކެތީގެ އަގުބޮޑުވެގެން އަހަރުމެން މި ހަނާވަނީ!