ހިމޭނުން ހުރީ ބިރުން ނޫން ކަމަށާއި، ވަގުތު ޖެހުމުން ހުރިހާ ކަމެއް ތިލަވާނެ ކަމަށް ރައީސް އޮފީހުގެ ކުރީގެ މުވައްޒަފު އައިޝަތު އީޝާ އަޝްރަފް މިރޭ ބުނެފި އެވެ.
އީޝާ މިހެން ބުނިއިރު 'އަދަދު' ނޫހުން "އައިޝާ"ގެ ނަމުގައި ގެނެސްދިން ޑޮކިއުމަންޓްރީގައި ރައީސް ޑރ. މުހައްމަދު މުއިއްޒާ މެދު ވަރަށް ގިނަ ތުހުމަތުކޮށް، އައިޝާ ކިޔާ މީހަކު ވާހަކަދައްކާފައިވެ އެވެ. އެ ޑޮކިއުމަންޓްރީގައި އެގޮތަށް ވާހަކަދެއްކީ އީޝާ ކަމަށް އޭނާ ވަނީ ތަހުގީގަށް އެއްބަސްވެފަ އެވެ.
އެކަމާ ގުޅިގެން 'އެކްސް' ގައި ކުރި ޕޯސްޓެއްގައި އީޝާ ބުނީ އޭނާގެ ހިމޭންކަމަކީ ބިރުގަތުން ކަމަށް ނުދެކުމަށެވެ. އަދި އޭނާ ހުރީ އެއްގޮތަކަށް ވެސް ވާހަކަދައްކަން ބިރުންނެއް ނޫން ކަމަށާއި ވަގުތު ޖެހުމުން ހުރިހާ ކަމެއް ވެސް ތިލަވާނެ ކަމަށް ބުންޏެވެ. އަދި އެކަން އެގޮތަށް ވުމުން، ގިނަ ބަޔަކު ލަދުން އިސްޖަހާލަން ޖެހޭނެ ކަމަށް ވެސް އީޝާ ބުންޏެވެ.
ހަމައެއާއެކު 'އައިޝާ' ޑޮކިއުމެންޓަރީ އާންމުކުރުމުގެ އެއް މަސް ކުރިން، ސަރުކާރުގެ ކެބިނެޓް ވަޒީރަކު ގުޅުއްވައި، އެއްވެސް މައުލޫމާތެއް އާންމުނުކުރުމަށް އަންގައި އިންޒާރު ދެއްވި ކަމަށް ވެސް އީޝާ ބުންޏެވެ. އަދި އީޝާ ދައްކާ ވާހަކަ އޭނާ ގަބޫލުކުރައްވާ ކަމަށާއި، ނަމަވެސް އެ މައުލޫމާތުތައް އާންމުކޮށްފިނަމަ ކަންކަން ނިމިގެންދާނީ ވަރަށް ގޯސްކޮށް ކަމަށް އޭނާ ވިދާޅުވި ކަމަށް އީޝާ ބުންޏެވެ.
"އެ ފޯން ކޯލު 10 މިނެޓަށް ވުރެ ދިގު ދެމިގެންދިޔަ. އަހަރެން މި ދައްކަނީ ކާކުގެ ވާހަކަކަން އޭނާއަށް އެނގޭނެ،" އީޝާގެ ޕޯސްޓުގައި ބުންޏެވެ.
މި މައްސަލައިގައި މީގެ ކުރިން އީޝާ ވަނީ އެކި ފަހަރު މަތިން ފުލުހަށް ވެސް ހާޒިރުކޮށްފަ އެވެ.
އީޝާގެ އިސް ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވެވަޑައިގަންނަވާ ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވި ގޮތުގައި، އީޝާއަކީ މި މައްސަލައިގައި "ވިކްޓިމް" އެއް ކަމަށާއި، އޭނާ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ. އެގޮތުން ކަން ހިނގައިދިޔަ ގޮތް ފެށުނީއްސުރެ ނިމެންދެން ފުލުހުންނަށް ކިޔައިދީ، ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށް ޝަމީމް އޭރު ވިދާޅުވި އެވެ.
އެ މައްސަލައިގައި އަދަދުގެ ނޫސްވެރިންނަށް ޕްރެސްތަކަށް ނުވަދެވޭ ގޮތަށް ރައީސް އޮފީހުން ފިޔަވަޅު އެޅީ މެއި 11، ގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގެންނެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދަދުގެ ނޫސްވެރިއަކު ކުރި ސުވާލަކާ ގުޅިގެންނެވެ.
އެ ސުވާލުކުރި ހިސާބުން ރައީސް މުއިއްޒު ވަނީ އެއީ "އަދަދު" ނޫހުން ނެރުނު "އައިޝާ" ޑޮކިއުމެންޓްރީގެ މައްސަލައިގައި ކްރިމިނަލް ކޯޓުން ނެރެފައިވާ ގެގް އޯޑަރާ ހިލާފު އަމަލެއް ކަމަށް ނިންމަވައި، އެ ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން އެ ބައްދަލުވުމުން ބޭރުކޮށްލާފަ އެވެ.
ހަމައެއާއެކު އަދަދުގެ އޮފީސް ރެއިޑްކޮށް، މަސައްކަތުގައި ބޭނުންކުރާ ގިނަ ސާމަނުތަކެއް ވެސް ފުލުހުން މީގެ ކުރިން ހިފެހެެއްޓި އެވެ.
ބޭރު ފައިސާ ބޭރުކުރަން އުޅުނު ބަޔަކު އެއާޕޯޓުން ހިފަހައްޓައިފި
ބޮޑެތި ބައެއް މީޑިއާތައް ވައިޓް ހައުސްއަށް ވަނުން މަނާކޮށްފި
250 މިލިލީޓަރަށް ވުރެ ކުދި ޕްލާސްޓިކް ފުޅީގެ ބުއިންތައް މަނާ!
ސުވާލެއް ކުރުމުން ޝަހުޒާން ރައީސް އޮފީހުން ނެރެލައިފި
ފުލުހުންގެ ތަހުގީގަށްފަހު އީޝާގެ މާނަފުން މެސެޖެއް