މާލޭގައި އަނެއްކާވެސް ގޭންގު މާރާމާރީއެއް ހިންގައި މީހަކު ޒަހަމްކޮށްލައިފި އެވެ.
އެނގިފައިވާ ގޮތުގައި ގޭންގު މާރާމާރީއެއްގައި ރޭ ދަންވަރު ތޫނުއެއްޗަކުން ހަމަލާދީފައި ވަނީ 35 އަހަރުގެ ފިރިހެނަކަށެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ ގަލޮޅު، ހުވަފެނީގޯޅީގައި ބަޔަކު މާރާމާރީ ހިންގާ ކަމުގެ މައުލޫމާތު ރޭ ދަންވަރު 2:32 ގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި މާރާމާރީގައި އަނިޔާވި އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނަކަށް ފަރުވާދިނުމަށްޓަކައި އައިޖީއެމްއެޗަށް ގެންގޮސްފަވައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
އެނގިފައިވާ ގޮތުގައި އޭނާއަށް ފަރުވާދެމުން ދަނީ އިމަޖެންސީ ރޫމްގަ އެވެ.
ލަންކާގެ ކުރީގެ ފަސްޓް ލޭޑީ ޝިރަންތީ ރާޖަޕަކްސަ ހައްޔަރުކޮށްފި
އީރާން ހަނގުރާމައިގައި އެމެރިކާގެ 81 މަތިންދާބޯޓު ގެއްލުނު
