މީޑިއާނެޓް ވީޑިއޯ ކްލަބުން އާ ވެބް ސީރީޒެއް ފެށުމަށް ތައްޔާރުވެއްޖެ އެވެ.
މިފަހަރު ގެނެސްދޭ ވެބް ސީރީޒަކީ މަޝްހޫރި ފިލްމީ ތަރި ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓްކޮށްފައިވާ ސީރީޒެކެވެ.
"އެރެއަށް ފަހު" ނަމުގައި ގެނެސްދޭ ސީރީޒްގެ ފުރަތަމަ ޕްރޮމޯ މީޑިއާނެޓުން ދައްކާލާފައިވާއިރު، މިއީ ތްރިލާ ޖޯންރާގެ ސީރީޒެކެވެ. މިއީ މުހައްމަދު އަބްދުﷲ (މުހައްމާކަލޯ) ޕްރިޑިއުސްކޮށްފައިވާ ސީރިޒެކެވެ.
މިމަހުގެ 11 ވަނަ ދުވަހުގެ ރޭ ޕްރީމިއާކުރަން ހަމަޖެހިފައިވާ މި ސީރީޒްގެ ކާސްޓްގައި އައިމިނަތު ރަޝްފާ (އާޝާ) އާއި އިބްރާހީމް ޖިހާދު (ޖިމީ) ގެ އިތުރުން މަރިޔަމް ޝިފާ ވެސް ހިމެނެ އެވެ. އަދި މީގެ މުހިންމު ރޯލަކުން ފިލްމް ގެ ޑައިރެކްޓަރު ޔޫއްޕެ ވެސް ފެނިގެން ދާނެ އެވެ.
ވެބް ސީރީޒްގެ މަސައްކަތް ޔޫއްފެ ކުރަމުން އަންނައިރު އަންނަ މަހުގެ އޮލިމްޕަހުގައި ރިލީޒްކުރަމަށް ތައްޔާރުވަމުން އަންނަ ލޯބީގެ ބިރުވެރި ފިލްމު "ސާޔާ"ގެ ޑައިރެކްޓަރަކީވެސް ޔޫއްޕެ އެވެ.
ޔޫއްޕެ ޑައިރެކްޓްކުރި ދެ ފިލްމެއް މިދިޔަ އަހަރު އޮލިމްޕަހުގައި އެޅުވި އެވެ. އެއީ ކޮމެޑީ ފިލްމު "ޖޯކަރު" އާއި ބިރުވެރި ފިލްމު "ކަޅަކި" އެވެ.
އޭޓީއެމް ބެހެއްޓުމުން ބީއެމްއެލްއަށް ދުނިޔޭގެ ފެންވަރުގެ އެވޯޑެއް
ދުވާލަކު އެންމެ 2 ސިނގިރޭޓުން ވެސް ސިއްހަތަށް ނުރައްކާ!
ބޮޑުވީ ޖުޑިޝަރީގެ "ބޮޑުން"ގެ މުސާރަ އެކަނި!