އީރާނުގެ ސަލާމަތީ ކަންތައްތަކާ ބެހޭ އިސްވެރިޔާ މުހްސިން ރިޒާއީ، އެގައުމުގެ އެންމެ މަތީ ލީޑަރު މުޖުތަބާ ޚާމަނާއީގެ ފަރާތްޕުޅުން ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިންއަށް ފޮނުއްވި މެސެޖެއް މޮސްކޯގައި އެމަނިކުފާނާ ހަވާލުކުރައްވައިފި ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާއިން ބުރާސްފަތި ދުވަހު ބުނެފި އެވެ. ނަމަވެސް، މި މެސެޖުގައި ހިމެނޭ އެއްވެސް ތަފްސީލެއް އެ މީޑިއާއަކުން ހާމައެއް ނުކުރެ އެވެ.
ރައީސް ޕުޓިން، ރިޒާއީއާ ބައްދަލުކުރެއްވީ ކްރެމްލިންގައި ކަމަށް ރަޝިޔާގެ ރިޔާސީ އޮފީހުން ބުރާސްފަތި ދުވަހު ވަނީ ބުނެފަ އެވެ.
ކްރެމްލިންއިން އާންމުކޮށްފައިވާ ފޮޓޯއަކުން ފެންނަ ގޮތުގައި، މި ބައްދަލުވުމުގައި ބައިވެރިވި ރަޝިޔާގެ ވަފުދުގައި ކްރެމްލިންގެ ފޮރިން ޕޮލިސީ އެއިޑް ޔޫރީ އުޝަކޯވް އާއި މިލިޓަރީ އިންޓެލިޖެންސްގެ ވެރިޔާ އީގޯރް ކޮސްޓިއުކޯވް ވެސް ހިމެނިވަޑައިގަންނަވަ އެވެ.
ޕިއްޒާއަށް އަލަނާސި އަޅަން ދެކޮޅުހެދި ޝެފް ވަޒީފާއިން ވަކިކޮށްފި