ނަމާދު ކުރާއިރު ސަފުހެދުމުގައި ގައިދުރުކަން ބަހައްޓަން އެއްވެސް އިމާމަކު ބާރު ނޭޅުމަށް މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ)ގެ އެސިސްޓެންޓް ޕްރޮފެސަރ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެ އެވެ.
ނަމާދުކުރާއިރު ގައި ދުރުކޮށް ސަފުހެދުމަށް އެއްވެސް އިމާމަކު ނަސޭހަތްތެރި ނުވުމަށް ވިދާޅުވެ ޑރ. އިޔާޒް ވައިބަރ އިން ފޮނުވާފައިވާ މެސެޖްތަކެއްގެ ސްކްރީންޝޮޓެއް މިހާރު ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
"ސަލާމް. ގައިދުރުކޮށް ސަފުހެދުމަށް އެއްވެސް އިމާމަކު ބާރު ނުއެޅުއްވުމަށް ނަސޭހަތްތެރިވަން،" ޑރ. އިޔާޒުގެ މެސެޖުގައި ވިދާޅުވެފައިވެ އެވެ.
މާލެ ސަރަހައްދުގެ މިސްކިތްތައް ބަނދުކުރަން އެޗްޕީއޭއިން އިލްތިމާސްކުރުމުން ދީނީ އިލްމުވެރިންވަނީ އިއްޔެ އެކަމަށް ދެކޮޅު ހަދާފަ އެވެ. އެހެންނަމަވެސް ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް އެހީ ވުމުގެގޮތުން ވީހާވެސް ކުރުކޮށް ނަމާދުގައި ކިޔެވުމަށާއި، ބަންގިއަށްފަހު ސުންނަތް ނަމާދުކުރަން ވަގުތު ނުދީ ނަމާދުކުރަން ފެށުމަށް އިލުމުވެރިންވަނީ އެއްބަސްވެވަޑައިގެންފަ އެވެ.
ރާއްޖޭގެ ކޮވިޑްގެ ހާލަތައް ރިއާޔަތްކޮށް ނަމާދުގައި ގައިދުރުކަން ބެހެއްޓުމަށް އެޗްޕީއޭއިން އިލްތިމާސްކުރާއިރު ސައުދީ އަރަބިއްޔާ ފަދަ އިސްލާމީ ބޮޑެތި ގައުމުތަކުގައިވެސް މިގޮތަށް ދަނީ އަމަލުކުރަމުންނެވެ.
އެންމެ ދެ މިނެޓު ތެރޭގައި ނިދޭނެ އުކުޅެއް!
އީރާނުގައި ކުރާ މުޒާހަރާތަކަކީ އެމެރިކާގެ ޓެރަރިސްޓް ހަރަކާތެއް
ހީނާއާ ދެކޮޅަށް ކުރި ދައުވާ ކާމިޔާބުނުވުމުން ސަލީމް ހައިކޯޓަށް
