ޝުގާ ބޮކްސްގެ ނަމުން މަގުބޫލު އިނާޔަތު މުހައްމަދަކީ ހދ. ކުޅުދުއްފުށީގައި މަޝްހޫރު ބޭކަރެކެވެ. މި ފަހަރު ހުރިހާގެ ދިހަ ސުވާލު މިއޮތީ އިނާ އަށެވެ.

1. ބޭކް ކުރަން ފެށީ ކޮން އިރަކު؟

ޖަވާބު: ބޭކް ކުރަން ފެށީ އުމުރުން 14-16 އަހަރުގައި. އޭގެ ފަހުން ހުއްޓާލަން ޖެހުމަށްފަހު ދެން ވިޔަފާރިއެއްގެ ގޮތުގައި ބޭކް ކުރަން ފެށީ މީގެ 3.5 އަހަރު ވަރު ކުރިން.

2. ފުލް ޓައިމް ބޭކާއަކަށް ވުމަށް ޝަރުއީ ދާއިރާގެ ޖޮބް ދޫކޮށްލިން ދޯ, ވަރަށް އުނދަގޫ ޑެސިޝަންއަކަށް ވިތަ؟

ޖަވާބު: އެންމެ ފުރަތަމަ އެގޮތަށް ނިންމީ ކުޑަކޮށް ޖެހިލުންވެ ހުރެ، އެކަމަކު މިހާުރު އަބަދުވެސް ވަރަށް އުފާވޭ އެގޮތަށް ނިންމުނީތީ.

3. އެންމެ ފަސޭހައީ ކޮން އެއްޗެއް ތައްޔާރުކުރަން؟

ޖަވާބު: ކޮންމެ ދުވަހެއްގެ މެނޫގައި ހިމަނާ ހުރިހާ އައިޓަމްއެއް ވެސް މިހާރު ހަދާލަން ފަސޭހަ. ހާއްސަކޮށް ކުކީސް، ބްރައުނީސް، ޑޯނަޓްސް އަދި ޗީޒްކޭކްސް.

4. މިހާތަނަށް ތައްޔާރުކުރި އެންމެ އުނދަގޫ ކޭކަކީ ކޮބާ؟

ޖަވާބު: އެންމެ ގިނަ ވަގުތާ މަސައްކަތް ހޭދަވީ، މިހާތަނަށް ހެދި 5 ފޫޓް އުސްމިނުގެ 12 ޓިއާ ކޭކެއް ހަދާލަން.

އިނާގެ އެންމެ ބުރަ މަސައްކަތް

5. މި މަސައްކަތުގައި ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކޮބާ؟

ޖަވާބު: މިވަގުތު ކުރިމަތިވާ އެންމެ އުނދަގޫކަމަކީ، ބޭކްކުރަން ބޭނުންވާ ޒަރޫރީ ގިނަ ތަކެތި ފަސޭހައިން ރަށުން ލިބެން ނުހުރުން.

6. (އޮކޭޝަނަލް) މާލެ ޑެލިވަރީ ފެށީ ކީއްވެ؟

ޖަވާބު: މާލެއަށް މަންތްލީ ޝިޕްމެންޓެއް ފޮނުވަން ނިންމީ، ޓިކްޓޮކް ވީޑިއޯސް އަޕްލޯޑް ކުރަން ފެށުމުން، މާލެއިން ވަރަށް ގިނަ ރިކުއެސްޓް އަންނަން ފެށީމަ.

https://vt.tiktok.com/ZS2Me1pPC/

7. ބޭކަރީއެއް ހެދުމުގެ ވިސްނުން އެބަ ހުރިތަ؟

ޖަވާބު: ބޭކަރީއެއް ހުޅުވުމަކީ މިހާރުގެ އެންމެ ބޮޑު ހުވަފެން، މަސައްކަތް ކުރަމުން މި ދަނީ އެކަން ހާސިލްވޭތޯ.

އިނާގެ މަސައްކަތް

8. މީ ބުރަ މަސައްކަތެކޭ ބުނެވިދާނެތަ؟

ޖަވާބު: ބޭކިން ވިޔަފާރިއެއްގެ ގޮތުގައި ކުރުމަކީ ބުރަކަމެކޭ ބުނެވިދާނެ. ހާއްސަކޮށް އެއީ ވަރަށް ބޮޑަށް އެކަމުގަ ވަގުތު ހޭދަކުރަން ޖެހޭ ކަމެއް.

9. ވަރަށް ބިޒީކޮށް ވޯކްކުރަން ޖެހޭ ވަކި ހާއްސަ ދުވަހެއް އޮވޭތަ؟

ޖަވާބު: ކޮންމެ ހަފްތާ ބަންދަކީ ވެސް ބުރަ ދުވަސްކޮޅެއް. ނަމަވެސް އެންމެ ބުރަކޮށް މަސައްކަތްކުރަން ޖެހެނީ އަންހެނުންގެ ދުވަހާއި މަންމަމެންގެ ދުވަހަށް.

އިނާގެ މަސައްކަތް

10. މިހާތަނަށް ލިބިފައިވާ ކާމިޔާބީއަށް ޝުކުރު އަދާކުރަން ބޭނުންވަނީ ކޮން ބަޔަކަށް؟

ޖަވާބު: މިހާ ހިސާބަށް އާދެވުމުގެ ސިއްރަކީ އަބަދުވެސް ހިތްވަރާއި އެހީ ދޭން ތިބޭ އާއިލާ، ހާއްސަކޮށް މަންމައާއި ބައްޕަ، ފިރިމީހާ، ދޮންތަ އަދި ބޭބޭ. ދެން އެންމެ ބޮޑަށް ޝުކުރު އަދާކުރަނީ އެންމެ ގާތް ފްރެންޑްސްއަށް އަދި މި ކަމުގައި އެއްބާރުލުމާއި ތަރުހީބު ދޭ ހުރިހާ ލޯބި ލޯބި ކަސްޓަމަރުންނަށް.

https://www.instagram.com/p/C0rkhaxJyTP/?igsh=bXNtYXc0bDh0eG84