1. ފެޝަން ޑިޒައިނިން މި މަސައްކަތް ކުރަން ފެށީ ކޮންއިރަކު؟
ޖަވާބު: ސުމާ ޑިޒައިންސް އޭސް އަ ބިޒްނަސް ލޯންޗް ކުރަން 2.5 އަހަރު ނެގި. ޕްރިޕަރޭޝަން، ޕްލޭނިން އަދި އެގްޒެކިއުޝަންއަށް. ފެޝަން ސްކޫލަށް ނުދާތީ ސެލްފް ޓޯޓް ގިނަ ސްކިލްސް އަދި ޓެކްނީކްސް ދަސްކޮށްގެން ފެއްޓީ.
2. މި ދާއިރާގެ އެންމެ ބޮޑު އިންސްޕިރޭޝަންއަކީ ކޮބާ؟
ޖަވާބު: އައިރިސް ވެން ހާޕެން. އެއީ ޑަޗް ފެޝަން ޑިޒައިނަރެއް. އޭނައަކީ އިނޮވޭޓިވް ފިއުޗަރިސްޓިވް ޑިޒައިން ކަލެކްޝަންތަކެއް ނެރޭ މީހެެެއް. ޑިޒައިން ޕްރޮސެސްތައް ވަރަށް ވެސް ތަފާތު އޭނަގެ.
3. ފުލް ޓައިމްކޮށްތަ މި މަސައްކަތް ކުރަނީ؟
ޖަވާބު: ނޫން. ފުލް ޓަައިމް ވަޒީފާ ނިންމާފައި ލިބޭ ހުސް ވަގުތުގައި. ބެލެންސިން ބޯތް ވޯލްޑްސް.
4. މިހާތަނަށް ޑިޒައިން ކުރި އެންމެ ހާއްސަ ހެދުމަކީ ކޮބާ؟
ޖަވާބު: ބްރައިޑަލް ބޯލްގައުންއެއް ވިތް އަ ވެއިލް ޖަސްޓް ލައިކް ހައު ދަ ބްރައިޑް ވޯންޓެޑް. ކަަވި މަސައްކަތް ވެއިލްގައި ކޮށްފަ ހުންނާނެ.
5. ކުރިއަށް އެބައޮތްތަ ވަރަށް ހާއްސަ ޕްރޮޖެކްޓެެއް؟
ޖަވާބު: ވަރަށް އަވަހަށް ފެންނާނެ ތަފާތު ފީލްޑްތަކުގެ މީހުންނާ އެއްކޮށް ނެރޭ ފެޝަން ކޮންޓެންޓެއް. ޕޭޖް ފޮލޯ ކުރީމަ އިތުރު އަޕްޑޭޓްސް ލިބޭނެ.
6. ސްޓްރިކްޓް ޑެޑްލައިން ހުންނަ މަސައްކަތް މެނޭޖްކުރަނީ ކިހިނެތް؟
ޖަވާބު: ޑެއިލީ ޝެޑިއުލްއެއް ކުރަނީ އެންޑް ފޮލޮވިން އިޓް.
7. ކްލައިންޓްގެ ފަރާތުން ކޮންކަހަލަ ކޮމެންޓެއް ލިބުނީމަ އެންމެ ހިތްހަމަ ޖެހެނީ؟
ޖަވާބު: "ޓެލެންޓެޑް އޭ ވަރަށް. ހަމަ ބޭނުން ވި ގޮތަށް ހެދުން މީނީ" ވަރަށް އުފާވޭ އޭޒް އަ ފެޝަން ޑިޒައިނަރު އަދި ސީމް ސްޓްރެސް އެއީ ލިބޭ ވަރަށް ބޮޑު ހިތްވަރެއް.
8. ސުމާގެ ޑްރީމް ކޮލާބޮރޭޝަން އަކީ ކޮބާ؟
ޖަވާބު: އިންޓަނޭޝަނަލް ފިލްމެއްގެ ކޮސްޓިއުމް ޑިޒައިނާ ވޯކް ވަރަށް ކޮށްލާހިތްވޭ.
9. މި ވޯކް އެހެން މީހުންނަށް ދަސްކޮށްދޭ ހިތްވޭތަ؟
ޖަވާބު: ވަރަށް ވޭ ފިއުޗަރިސްޓިކް ޑިޒައިންސް އެކްޕްލޯކޮށްލަން މި ފީލްޑް އިންޓްރެސްޓް ހުންނަ ކުދިންނަށް.
10. މީ ވަރަށް އުނދަގޫ ފީލްޑެކޭ ބުނާނަންތަ؟
ޖަވާބު: ޔެސް. ވަރަށް ޑިސިޕްލިން އަދި ފޯކަސް ބަަހައްޓައިގެން ވަގުތަށް ފަރުވާތެރިކަން ބަހައްޓައިގެން ކުރަން ޖެހޭ ކަމެއް.