މަޝްހޫރު ލަވަކިޔުންތެރިޔާ ޒޭން މަލިކްއާއި އޭނާގެ ކުރީގެ ބައިވެރިޔާ މޮޑެލް ގިގީ ހަދީދްގެ ދަރިފުޅުގެ ކައިގެ ފުރިހަމަ ނަން ފުރަތަމަ ފަހަރަށް ހާމަކޮށްފި އެވެ.

ކައިގެ ފުރިހަމަ ނަން ހާމަކޮށްފައި ވަނީ އޭނާގެ ހަތަރުވަނަ އުފަން ދުވަހުގެ މުނާސަބަތުގައި ގިގީ އޭނާގެ ސޯޝަލް މީޑިއާގައި އާއްމުކުރި ޕޯސްޓެއްގަ އެވެ.

https://www.instagram.com/p/DAHmmb6OrtM/?igsh=dTcxZXhzam5ycW5r

އެ ޕޯސްޓުގައި ކައިގެ އުފަންދުވަހުގެ ފޮޓޯތައް ހިއްސާ ކޮށްފައިވާއިރު އެއިން އެއް ފޮޓޯގައި އޭނާގެ ފުރިހަމަ ނަން ކަމަށްވާ "ކައި މަލިކް" ޖަހާފައިވެ އެވެ.

ކައިގެ ފުރިހަމަ ނަމަކީ ގިގީ ވަރަށް ފޮރުވައިގެން އުޅުނު ކަމެކެވެ. ސަބަބަކަށް ވަނީ ކައި އުފަންވިތާ މާ ގިނަ ދުވަހެއް ނުވެ އޭނާއާއި ޒޭންގެ ގުޅުން ނިމުމަކަށް އައުމެވެ.

https://www.instagram.com/p/DAHqAznMm-Q/?igsh=MW5qd2xndDQ4MWR6dQ==

ކައިއަށް ހަތަރު އަހަރު ފުރުމުގެ މުނާސަބަތުގައި ގިގީގެ އިތުރުން ޒޭން ވެސް ވަނީ އޭނާގެ އިންސްޓަގްރާމްގައި ޕޯސްޓެއް ކޮށްފަ އެވެ. އެ ޕޯސްޓުގައި ކައިގެ ބައްޕައަށް ވީތީ ފަހުރުވެރިވާ ކަމަށާއި އޭނާ ދެކެ އިންތިހާއަށް ލޯބިވާ ކަމަށް ޒޭން ބުނެފައިވެ އެވެ.

2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު އުފަންވި ކައިގެ އުފަން ދުވަސް ފާހަގަ ކުރުމަށްޓަކައި ގިގީ ބާއްވާފައިވަނީ "ބޭބީ ޔޯޑާ" ތީމްގެ ޕާޓީ އެކެވެ.