މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ދާތުކް ސެރީ ނަޖީބު ރައްޒާގު ގޭބަންދަށް ބަދަލުކުރުމުގެ އަމުރާ ގުޅިގެން، އެކަމުގައި ހުރި ގާނޫނީ މައްސަލަތައް އޮޅުންފިލުއްވައިދެއްވުމަށް އެޓާނީ ޖެނެރަލް ތަން ސުރީ މުހައްމަދު ދުސޫކީ މުޚްތާރު، ރަސްގެފާނު ސުލްތާން އިބްރާހީމްގެ އަރިހަށް ވަޑައިގެން ބައްދަލުކުރެއްވުމަށް ބޮޑުވަޒީރު ދާތުކް ސެރީ އަންވަރު އިބްރާހީމް އެދިވަޑައިގެންފި އެވެ.
ބޮޑުވަޒީރު އަންވަރު އިބްރާހީމް ވިދާޅުވީ، ނަޖީބު ގޭބަންދަށް ބަދަލުކުރުމާ ގުޅޭ ގޮތުން އުފެދިފައިވާ ގާނޫނީ ސުވާލުތަކާއި، މި އަމުރުގެ ސަބަބުން 1އެމްޑީބީ ގެ މައްސަލައަށް ކޮށްފާނެ އަސަރުތަކާ ގުޅޭ ގޮތުން ރަސްގެފާނަށް މައުލޫމާތު އަރުވައި ސާފުކޮށްދެއްވަންޖެހޭ ކަމަށެވެ. އަދި މިއީ ރަސްގެފާނުގެ ބާރުތަކަށް ގޮންޖެހުން ނޫންކަމަށާއި، ގާނޫނީ އިޖުރާއަތްތައް ފުރިހަމަކުރުމަށް ކުރެވޭ ކަމެއްކަން އަންވަރު ފާހަގަކުރެއްވި އެވެ.
ނަޖީބު ރައްޒާގަށް ދެވިފައިވާ ކަންޑިޝަނަލް މާފުގެ ދަށުން ދައްކަންޖެހޭ 50 މިލިއަން ރިންގިޓުގެ ޖޫރިމަނާ ޔޫއެމްއެންއޯ ޕާޓީން ދެއްކުމާ ގުޅިގެން، އޭނާ ގޭބަންދަށް ބަދަލުކުރުމުގެ އަމުރެއް ކޯޓުން ނެރުނު ނަމަވެސް، ގާނޫނީ އިތުރު ސާފުކުރުންތަކެއް ބޭނުންވާތީ އެކަން މަޑުޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ހަމައެއާއެކު އެޓާނީ ޖެނެރަލް މުހައްމަދު ދުސޫކީ ވަނީ ރަސްގެފާނާ ބައްދަލުކުރެއްވުމުގެ އެޕޮއިންޓްމަންޓަކަށް އެދިވަޑައިގެންފަ އެވެ.
މި މައްސަލައާ ގުޅިގެން އިސްތާނާ ނެގާރާ (ރަސްކަމުގެ ގަނޑުވަރުން) ވިދާޅުވެފައި ވަނީ ރަސްގެފާނުގެ ނިންމެވުމަކީ ސާފު ނިންމެވުމެއް ކަމަށާއި އެއަށް އިހުތިރާމްކުރަންޖެހޭނެ ކަމަށެވެ. ރަސްގެފާނު ވަނީ ނަޖީބު ގޭބަންދަށް ބަދަލުކުރުން ލަސްވާތީ އެކަމާ ނުރުހުން ފާޅުކުރައްވައިފަ އެވެ.
އެމެރިކާއިން އީރާނުގެ ބައެއް އަމާޒުތަކަށް ހަމަލާތަކެއް ދީފި
އާރުޑީސީން 55 ޕަސެންޓް މުވައްޒަފުން ނެގީ އިއުލާނު ނުކޮށް: އޮޑިޓް