ފިޝަރީސް މިނިސްޓަރު ޒަހާ ވަހީދަށް ފުރިހަމައަށް އިތުބާރު އެބައޮތް ކަމަށް ވިދާޅުވެ، އެމްއާރުއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ޒަހާ ދިފާއުގައި ނިކުމެވަޑައިގެންފި އެވެ.
މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްއާރުއެމްގެ އިތުބާރު މިނިސްޓަރު ޒަހާއަށް ފުރިހަމައަށް އެބައޮތް ކަމަށެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ މިނިސްޓަރު ޒަހާގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު ކޯލިޝަނުން މަޖިލީހަށް ވައްދާފައިވަނިކޮށެވެ.
މިކަމާ ގުޅޭގޮތުން އެމްއާރުއެމްގެ އިންޓެރިމް ނައިބު ރައީސް އަދި އާޓްސް އެންޑް ކަލްޗާ މިނިސްޓަރު ޔުމްނާ މައުމޫން ވެސް ވަނީ މިނިސްޓަރު ޒަހާ އަކީ ބުރަކޮށް މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށް ވިދާޅުވެ ޓުވީޓް ކުރައްވާފަ އެވެ.
މިނިސްޓަރުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނީ އިދިކޮޅު ކޯލިޝަނުގެ 8 މެމްބަރުންނާއި މިނިވަން ދެ މެމްބަރުންގެ ސޮޔާއެކު އެވެ.
ފިޝަރީސް މިނިސްޓަރުގެ އިތުބާރު ނެތް ކަމަށް ވިދާޅުވެ މައްސަލަ ހުށަހަޅާފައިވަނީ މަސްވެރިކަމާ ގުޅޭގޮތުން ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރެވޭ ކަމަށް ވިދާޅުވެ އެވެ.
އެ މެމްބަރުން ވިދާޅުވީ މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދިނުމާއި ފަސޭހައިން އައިސް ލިބޭނެ މަގު ފަހިކުރުމާއި އަދި މަސްވެރިންގެ ޖީބަށް ޑޮލަރު ވަންނާނެ ގޮތް ހަދައިދޭނެ ކަމަށް ސަރުކާރުން ވެފައިވާ ވައުދު ފުއްދިފައި ނުވާ ކަމަށެވެ.
މަސްވެރިންގެ އާ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތަކެއް ނުހެދި ލަސްވުމުގެ ސަބަބުން މީގެ ކުރިން ވެސް މިނިސްޓަރު ޒަހާ މަޖިލީހަށް ހާޒިރުކޮށް ސުވާލުކޮށްފައިވެ އެވެ. އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ޒަހާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވެ އެވެ.
މަޖިލީހުގެ މީޑިއާ ޑިރެކްޓަރ ހަސަން ޒިޔާއު ވިދާޅުވީ މަޖިލީހުގައި ޖަވާބުދާރީވުމަށް މިނިސްޓަރ ޒަހާއަށް މިއަދު ނޯޓިސް ފޮނުވާފައިވާ ކަމަށެވެ.
ދަރިފުޅުލައްވާ އެކުޅިވަރު ކުޅުއްވާފަ މިއަދު ކޮން ނާޗަރަންގީއެއްބާ ކުޅެން ތިފެށީ
އިދިކޮޅު ކޯލިސަނެއް އިދިކޮޅު ކިޔައިގެން އުޅޭ މީހުންނަކީ ސިޔާސީގޮތުން ޝަރުޠު ހަމަވާ ބައެއް ނޫން. ސަރުކާރު ޖަވާބުދާރީ ކުރުވަން ވެސް އަދި ސަރުކާރު ހިންގަން ވެސް ހަމަތިބީ އެމް.ޑީ.ޕީ