ގިނަ އަދަދެއްގެ މަސްތުވާތަކެތި އަޅާފައި ހުރި ދެ ކޮތަޅު ފަޅުރަށެއްގެ ގޮނޑުދޮށުން ފެނިއްޖެ އެވެ.
ފުލުހުން ބުނީ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި ދެ ކޮތަޅު ތ.ފިނޮޅު ކިޔާ ފަޅު ރަށެއްގެ ގޮނޑުދޮށުން ފެނުނުނުކަން ރޭ 7:00 ގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. ނަަމަވެސް ކިތައް ކިލޯގެ މަސްތުވާތަކެތި ކަމެއް ފުލުހުން ނުބުނެ އެވެ.
އެ ތަކެތި ފެނުނުކަން ރިޕޯޓްކޮށްފައި ވަނީ އެ ރަށަށް ގޮސް އުޅުނު ބަޔެކެވެ.
މިކަމާ ގުޅިގެން އެތަށަށް ފުލުހުން ގޮސް ފުލުހުން ވަނީ އެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
މިމައްސަލަ މިހާރު ތަހުގީގުކުރަމުން ދާކަމަށް ފުލުހުން ބުންޏެވެ.
ފާހާނާ ތަށްޓަށްވުރެ ތި ގެންގުޅޭ ފޯނުގައި ޖަރާސީމު ގިނަ!
އިންޓަމިޓެންޓް ފާސްޓިން: ހިތުގެ ބަލިތަކުގެ ނުރައްކާ ބޮޑު ވޭތަ؟
އިނގިރޭސިންނަށް ވެސް އާޖެންޓީނާ މައިތިރި ނުކުރެވުނު
