ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ފެންމަތިވެގެން މިދިޔަ ބުރާސްފަތި ދުވަހު ސަސްޕެންޑްކުރި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު، އެ ތުހުމަތުތަކަށް ދެކޮޅު ހަދަމުން މިރޭ އިސްތިއުފާ ދެއްވައިފި އެވެ.
ފަޒުލް ވަނީ އޭނާގެ އިސްތިއުފާގެ ސިޓީ ސޯޝަލް މީޑިއާގައި ހިއްސާކުރައްވާފަ އެވެ.
ރައީސް މުހައްމަދު މުއިއްޒަށް އެޑްރެސްކުރައްވައި ފޮނުވި އެ ސިޓީގައި އޭނާ ވިދާޅުވީ އެޗްޑީސީން ކޮށްފައިވާ މުއާމަލާތްތަކަކީ ކުންފުނީގައި ހެދިފައިވާ ޕޮލިސީތަކުގެ އިމުގެ ތެރެއިން، ކުންފުނީގެ މަސްލަހަތު އިސްކޮށްގެން ކޮށްފައިވާ މުއާމަލާތްތަކެއް ކަމަށެވެ. އަދި ބިންވެރިޔާ ސްކީމާ ގުޅޭގޮތުން އެޗްޑީސީއަށް އަމާޒުވެފައިވާ ތުހުމަތުތަކަކީ އެޗްޑީސީއާ އެއްވެސް ގުޅުމެއް ހުރި ތުހުމަތުތަކެއް ނޫން ކަމަށް ވެސް އެ ސިޓީގައިވެ އެވެ.
ބިންވެރިޔާ ސްކީމްގެ މައްސަލައާ ގުޅިގެން އެޗްޑީސީ އާއި ސަރުކާރު ހުއްޓިފައި އޮންނާކަށް ބޭނުންނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިސްތިއުފާ ދެއްވި ސަބަބެއް ކަމަށް ފަޒުލް ވިދާޅުވީ ތަހުގީގަށް ޖާގަދިނުމަށާއި އެޗްޑީސީ އާއި ސަރުކާރުގެ ސިޔާސަތުތައް ނުހުއްޓި ކުރިއަށް ގެންދިޔުމަށެވެ.
ފަޒުލްގެ މައްޗަށް އެންމެ ބޮޑު ތުހުމަތެއް ކުރެވޭ ކަންތައްތަކަށް އެ ސިޓީގައި ޖަވާބެއް ދީފައެއް ނުވެ އެވެ. އެއީ ހުޅުމާލާގެ ބިންތައް އުސޫލާ ހިލާފަށް ނުއަގުގައި ވިއްކުމާއި ވިނަރެސް ފްލެޓްތައް ވެސް ނުހައްގުން އެތައް ބަޔަކަށް ވިއްކާފައިވާ މައްސަލަ އެވެ.
އެމްޓީޑީސީގެ އަހަރީ އާއްމު ޖަލްސާ މިމަހު 31ގައި
ޖޫންގެ ނިޔަލަށް ވީއައިއޭއަށް 1.62 މިލިއަން ފަސިންޖަރުން

ސަރުކާރުގެ ވަޒީފާތަކުގެ މައްސަލައިގަ ޗީޓް އޮފް ސްޓާފު ވެސް އިސްތިއުފާ ދޭން ޖެހޭ