ތ. ވިލުފުށީގައި ހުންނަ ކެފޭއަކަށް ސިހުރު ހެދި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ބަލަން ފަށައިފި އެވެ.
ފުލުހުން މިއަދު ބުނީ ވިލުފުށީ ކެފޭއެއްގެ ކުރިމައްޗަށް ސިހުރު ހަދާފައިވާ ކަމަށް ބެލެވޭ އެއްޗެހިތަކެއް އެޅިކަމަށް ބުނާ މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށެވެ. ނަމަވެސް އެއީ ކޮން ކެފޭއެއް ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
އެ މައްސަލަ ރިޕޯޓުކޮށްފައިވަނީ ރޭ ދަންވަރު 12:05 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.
މިދިޔަ ޖެނުއަރީ މަހު ފުލުހުން ވަނީ ސިހުރު ހަދާކަމުގެ ތުހުމަތުގައި ރ. މީދޫ އާއި އެ އަތޮޅު އަލިފުށީގައިވެސް ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފަ އެވެ. މީގެ އިތުރުން ހއ.ކެލާގައި ސިހުރު ޖެހި ގިނަ ބަޔަކު ބަލިވި މައްސަލައެއް މިދިޔަ އަހަރު ފަހުކޮޅު ވަނީ ފެންމަތިވެފަ އެވެ.
ދިރާގުން ދޭ ފަހު ބޯޓު ހޯދުމުގެ ފުރުސަތައް ބާކީ 7 ދުވަސް
އެނާޖީ ބުއިންތަކުން ދަރިމައިވުމުގެ ސިއްހަތަށް ގެއްލުންތަކެއް!