އެސްޓީއޯއިން ސަރުކާރަށް ވޯކިން ކެޕިޓަލްގެ ގޮތުގައި 25 މިލިއަން ޑޮލަރު (385.5 މިލިއަން ރުފިޔާ)ގެ ލޯނެއް ހޮންކޮންގް ޝެންހާއީ ބޭންކިން ކޯޕަރޭޝަން (އެޗްއެސްބީސީ)ން ނަގައިދީފި އެވެ.
ތެލާއި ގޭހާއި ބޭސް އަދި ކާޑުގެ ބާވަތްތަކުގެ ވިޔަފާރި އެންމެ ފުޅާ ދާއިރާއެއްގައިކުރާ ކުންފުނިން ނެގި 25 މިލިއަން ޑޮލަރުގެ ލޯނުގެ ލޯނު ބޭނުންކުރާނެ ކަންކަން ކަނޑައަޅައި، މެނޭޖްކޮށްދޭނީ ފިނޭންސް މިނިސްޓްރީން ކަމަށެވެ.
އެ ކުންފުނިން ބުނީ މި ލޯނަކީ ކޮވިޑް ފެތުރުން ހުއްޓުވުމަށްކުރާ މަސައްކަތަށާއި ގައުމު އެނބުރި އާދައިގެ ހާލަތަށް ރުޖޫއުވުމަށް ލިބޭ ވަރަށް ބޮޑު އެހީއަކަށްވާނެ ކަމަށެވެ.
އެސްޓީއޯގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ލޯނުގެ ފައިސާ ދެ ފަހަރެއްގެ މަތިން ދޫކޮށް ނިންމާފައިވާ ކަމަށެވެ. އަދި އެ ލޯނު ދައްކައި ހަލާސްކުރަން ޖެހެނީ 2024 ގެ ނިޔަލަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓްރީން ވަނީ އެޗްއެސްބީސީ މާލެ އިން ނަގާފައިވާ 25 މިލިއަން ޑޮލަރުގެ ލޯނަކަށް މިއަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ވަނީ ގެރެންޓީ ދީފަ އެވެ. އެއީ ރާއްޖެއަށް ބޭނުންވާ ބޭހާއި ކާޑުގެ ބާވަތްތައް ގަންނަން އެސްޓީއޯ އިން ނެގި 25 މިލިއަން ޑޮލަރުގެ ލޯނެކެވެ.
ދެފައި މައްޗަށް ތެދުވެވޭނެ ކަމުގެ އުއްމީދު ގެއްލުނު: ރާހުލް
"ޑޭސް އޮފް ތަންޑާ"ގެ ސީކުއަލްގައި ޓޮމް ކުރޫޒްއާއި އޭން ހެތަވޭ!
ޖީން ތެރަޕީއިން ކޮލެސްޓްރޯލް މަތިވުމަށް ދާއިމީ ފަރުވާއެއް؟
ބޭހާއި ކާޑު ގެންނަން ސޮވަރިން ގެރެންޓީއެއް ދީފި
މިކަމާގުޅިގެން ކުރީގެ ފޮރިން މިނިސްޓަރ ޑރ ޝަހީދު ކުރެއްވި ޓްވީޓުން އެނގެނީ ސަރުކާރުވަނީ ބޭންކްރަޕްޓްވެފައިކަން. ފާރިދެކޭގޮތުގައި މިކަހަލަ ދަނޑިވަޅެއްގައި ޚަރަދުތައް ކުޑަކުރަން މަސައްކަތް ކުރާންޖެހޭ!