އީރާނުގެ އަސްކަރީ އަދި ނިއުކްލިއާ ގާބިލުކަމުގެ ބޮޑު ބަޔެއް އެމެރިކާއިން ނައްތާލާފައިވީ ނަމަވެސް، އެ ގައުމުގައި އަދިވެސް ހަމަލާދީ ނައްތާލަންޖެހޭ އެކެއް ނުވަތަ ދެ އަމާޒެއް އެބައޮތް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ފްލޮރިޑާގައި ހުންނަވާ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓްރަމްޕް ވިދާޅުވީ، އީރާނާއެކު ކުރިއަށްދާ މަޝްވަރާތައް ރަނގަޅަށް ދިޔަނަމަވެސް އެ ގައުމަކީ އެހާ އިތުބާރު ކުރެވޭނެ ބައެއް ނޫން ކަމަށެވެ. އަދި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާތީ އެމެރިކާއިން އަވަސްއަރުވާލައިގެން އިތުރު ހަމަލާތަކެއް ދޭން ނޫޅޭ ކަމަށާއި، ނަމަވެސް ބާކީ ހުރި އަމާޒުތަކަށް 10 މިނެޓު ތެރޭގައި ވެސް ހަމަލާދީ ނިންމާލެވިދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ޓްރަމްޕް ހާއްސަކޮށް އިޝާރާތް ކުރެއްވީ ނަތާންޒް ނިއުކްލިއާ މަރުކަޒުގެ ދެކުނުގައިވާ "ޕިކްއެކްސް މައުންޓެން" ސަރަހައްދުގައި ހުންނަ އަޑީގެ ނިއުކްލިއާ ވަސީލަތްތަކަށެވެ. ނަމަވެސް އީރާނުން ދަނީ އެ ސަރަހައްދުގައި ނިއުކްލިއާ އެއްވެސް މަސައްކަތެއް ކުރަމުން ނުދާ ކަމަށް ބުނެ އެ ތުހުމަތުތައް ދޮގުކުރަމުންނެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވަނީ އީރާނަށް އަލުން ހަމަލާދިނުމާމެދު ވައިޓް ހައުސްއިން އަދި ވަކި ގޮތެއް ނުނިންމާ ކަމަށާއި، ދިޕްލޮމެޓިކް ހައްލަކަށް އެމެރިކާއިން އިސްކަންދޭ ކަމަށް ވިދާޅުވެފަ އެވެ.
ނަމަވެސް އީރާނުގެ އިސް ލީޑަރު މުޖުތަބާ ހާމަނާއީ ވަނީ އެމެރިކާއިން އަލުން ހަމަލާއެއް ދީފިނަމަ، ވަކި ޖިއޮގްރަފިކަލް ސަރަހައްދަކަށް ބެލުމެއް ނެތި ވަގުތުން ވަރުގަދަ ރައްދެއް ދޭނެ ކަމަށް އިންޒާރު ކުރައްވާފަ އެވެ.
ޕީކް ސީޒަނާ ދިމާކޮށް ޓޫރިސްޓުން އަންނަ މިންވަރު އިތުރުވެއްޖެ
ރައީސް ޔާމީންގެ އިސްތިއުނާފީ މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި