މަސްތުގެ ހާލުގައި ހުރެ މާލޭގެ މަގުމަތީގައި އާންމުންނަށް އުނދަގޫކުރާ މައްސަލައެއްގައި ހައްޔަރުކޮށްފައި ވަނިކޮށް އެންޑީއޭގެ މަރުކަޒުން ފިލި އަހުމަދު ފައިރިޝް އަލުން ހައްޔަރުކޮށްފި އެވެ.
ކ. ހިންމަފުށީގައި ހުންނަ ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ފަރުވާދޭ މަރުކަޒަށް 43 އަހަރުގެ ފައިރިޝް ބަދަލުކޮށްފައި ވަނީ ފުލުހުންގެ ބެލުމުގެ ދަށުންނެވެ. އޭނާ އެ މަރުކަޒުން ފިލާފައި ވަނީ އިއްޔެ މެންދުރުފަހުގެ ވަގުތެއްގަ އެވެ.
ފުލުހުން މިއަދު ބުނީ ފިލައިގެން އުޅުނު ފައިރިޝް ހޯދައި މިހާރު އަލުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އޭނާ ފެނިފައި ވަނީ މާލެއިން ކަމަށް ފުލުހުން ބުނި ނަމަވެސް، އިތުރު ތަފްސީލެއް ހާމައެއް ނުކުރެ އެވެ.
މާލޭގެ ކަށިމާ ހިނގުމާއި ދޫހިމެރި މަގު ހިމެނޭ ސަރަހައްދުގައި އެތައް ދުވަހެއްގެ މަތިން ތަކުރާރުކޮށް އާންމުންނަށް އުނދަގޫކުރާ މައްސަލައިގައި ފައިރިޝް ފުރަތަމަ ހައްޔަރުކުރީ މި މަހުގެ 17 ވަނަ ދުވަހު އެވެ. އޭނާއާ މެދު ކަމާބެހޭ އިދާރާތަކުން ފިޔަވަޅު ނުއަޅާތީ، އެކަމަށް ސަމާލުކަން ހޯދުމަށް އެ ސަރަހައްދުގައި ދިރިއުޅޭ މުހައްމަދު ސައީދު އިހުތިޖާޖު ކުރަން ފެށުމުންނެވެ.
އެންޑީއޭއަށް ބަދަލުކުރި ފައިރިޝް ބަންދުން ފިލައިފި
މަޝްހޫރު ފިލްމް ޕްރޮޑިއުސަރު ސަންޖޭ ގުޕްތާ މަރުވެއްޖެ
