ގަވައިދާ ހިލާފަށް، ހުއްދަ ނުދޭ ބޭރުގެ ބައެއް ކޮލެޖްތަކުގެ ކޯސްތައް ތަކުރާރުކޮށް ހިންގަމުންދާތީވެ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)އިން އެވިޑް ކޮލެޖަށް އަނެއްކާވެސް ފިޔަވަޅު އަޅައިފި އެވެ.
މީގެ ކުރިން އެވިޑް ކޮލެޖުން ގަވައިދާ ހިލާފުވެގެން އެޅި ފިޔަވަޅުތައް މިދިޔަ އޮގަސްޓު 2024ގައި ވަނީ އުވާލާފަ އެވެ.
އެމްކިއުއޭއިން މިއަދު ނެރުނު ބަޔާނުގައި ބުނީ، އެ އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑުގެ ލަފައާ އެކު މިދިޔަ ސެޕްމްބަރުގައި ގެޒެޓް ކުރި އެކްރެޑިޓޭޝަން ގަވައިދުގެ ދަށުން އެވިޑް ކޮލެޖަށް މި މައްސަލައިގައި އަޅާ ފުރަތަމަ ފިޔަވަޅެއްގެ ގޮތުގައި "ނަސޭހަތްތެރިވުމާ އެކު، އެކަން އާންމުކޮށް އިއުލާން ކުރުމަށް" ނިންމި ކަމަށެވެ.
އެމްކިއުއޭގެ ޗީފް އެގްޒެކްޓިވް އޮފިސަރު މަރްޔަމް ފިޒާނާ ރަޝީދު ސޮއިކުރައްވައި ގެޒެޓްކޮށްފައިވާ ބަޔާނުގައި ބުނެފައި ވަނީ ސްރީ ލަންކާގެ "އެމަޒޯން ކޮލެޖު" އާއި "އަލްޒެޓް ޔުނިވާސިޓީ ގެ ކޯސްތަކެއް އެމްކިއުއޭގެ ގަވާއިދާތަކާ ހިލާފަށް ހިންގާފައިވާ ކަމަށެވެ. އަދި ގަވައިދާ ހިލާފަށް ހިންގި އެ ކޯސްތަކުުގެ ދަރިވަރުންނަށް ސަނަދު ވެސް ދީފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވާ ކަމަށެވެ. އެކަން ފާހަގަ ކުރެވުނީ، އެކި ގައުމުތަކުގެ ކޮލިފިކޭޝަން އެޖެންސީތަކުންނާއި ދަރިވަރުންގެ އިތުރުން އެވިޑު ކޮލެޖުން އެ އޮތޯރިޓީއާ ހިއްސާކޮށްފައިވާ ލިޔެކިޔުންތަކުން ކަމަށް ބަޔާނުގައި ބުންޏެވެ.
އޭގެ އިތުރުން، ލަންކާގައި ރަޖިސްޓްރީކޮށްފައި ނުވާ އެ ގައުމުގެ ފަސް މަރުކަޒުތަކެއްގެ ކޯސްތަކެއް ވެސް ހިންގުމަށް ކަމަށް ބުނެ އެވިޑް ކޮލެޖުން އިޝްތިހާރުކޮށްފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
އޭގެ ތެރޭގައި ހިމެނެނީ:
1. ޗެސްޓާ ކޮލެޖު އޮފް ހަޔާ އެޑިޔުކޭޝަން
2. އިމްޕީރިއަލް ވިސްޑަމް ގްރެޖުއޭޓް ކެމްޕަސް
3. އިނޮވޭޓަސް ކެމްޕަސް
4. ސިލޯން ކޮލެޖު އޮފް އެޕްލައިޑް ސްޓަޑީޒް
5. ބިޓްވިން ކެމްޕަސް
"29 އޮގަސްޓު 2024 އިން ފެށިގެން މި އޮތޯރިޓީން ދަނީ، މިތަނުން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް އެ އެކްރެޑީޓޭޝަން ދިން ގޮތާ ހިލާފަށް ނުހިންގުމަށް ތަކުރާރުކޮށް އެވިޑް ކޮލެޖަށް އަންގައި ނަސޭހަތްތެރިވަމުންނެވެ،" އެ ބަޔާނުގައިވެ އެވެ.
ނަމަވެސް އެވިޑް ކޮލެޖުން ތަކުރާރުކޮށް އެ އެންގުންތަކާ ހިލާފުވަމުންދާކަން އެމްކިއުއޭއިން އެއްކުރި މައުލޫމާތުތަކުން ދެނެގަނެވިފައިވާކަމަށް އެ ބަޔާނުގައިވެ އެވެ.
އެކަމާ ގުޅިގެން އެވިޑް ކޮލެޖަށް އެޅި ފުރަތަމަ ފިޔަވަޅަކީ ނަސޭހަތްތެރިވުމެވެ.
ކިނޮޅަހާ ދިމާ ބޭރު ކަނޑުމަތިން މަރުވެފައި އޮތް މީހަކު ފެނިއްޖެ
ދެ އިންތިޚާބު އެއްކޮށްލުން ރަނގަޅު ކަމަށް ނަޝީދު ވިދާޅުވެއްޖެ
އަހަރު ތެރޭ މަރުވާނެ ކަމަށް ބެލެވޭނަމަ ފަންޑު ލާރިނެގޭ އިސްލާހެއް
