ކުރީގެ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ބިރު ދެއްކެވި ކަމަށް ބުނާ މައްސަލައިގައި އޭނާއަށް ފިޔަވަޅު ނާޅަން މަޖިލީހުން މިއަދު ނިންމައިފި އެވެ.
މަލީހަށް ފިޔަވަޅު ނާޅަން ނިންމީ އިމްތިޔާޒު ކޮމެޓީން އެކަން ބެލުމަށްފަހު އެކުލަވާލި ރިޕޯޓަށް މިއަދު ނެގި ވޯޓުގެ ތެރެއިންނެވެ. ކޮމެޓީގެ ރިޕޯޓް ފާސްކުރަން 48 މެމްބަރަކު މިއަދު ވޯޓު ދެއްވި އެވެ.
އިމްތިޔާޒް ކޮމެޓީއަށް މަލީހުގެ މައްސަލަ ފޮނުވީ އޭނާ ދެއްކެވި ވާހަކަތަކުގެ ހަގީގަތް ހޯދައި ބަލައިދިނުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގަތުމުންނެވެ. ނަމަވެސް ކޮމެޓީން ނިންމީ މަލީހްގެ މައްސަލަ ފައިލް ކުރުމަށެވެ.
މަޖިލީހުން މިނިސްޓަރުންނަށް ބިރު ދެއްކެވި ކަމަށް މިދިޔަ މާޗް މަހުގެ އެއްވަނަ ދުވަހު މަލީހް ވިދާޅުވެފައި ވަނީ އޭނާގެ އިތުބާރު ނެތް ކަމގެ މައްސަލާގައި މަޖިލީހަށް ޖަވާބުދާރީވަމުން ދެއްކެވި ވާހަކަފުޅުގަ އެވެ.

ހުޅުމާލޭ ގެއެއްގައި ރޯވެ، ހަތް މީހަކަށް ވަގުތީ ބޯހިޔާވަހިކަން
ކަސްޓަމާއި ކަރެކްޝަން މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފި
އެމްއޭސީއެލްގެ އުޅަނދެއް ފުރޮޅާލައި ދެ މީހަކަށް އަނިޔާވެއްޖެ
ތިގޮތަށް ބަދަލު ކޮށްފިނަމަ މިއަށްވުރެ ބޮޑަށް ރާއްޖެ ފުނޑޭނެ. ބަރުލަމާނީ ..........ގެންނަން ތިއުޅެނީ ބޮއިގެން ހަމާގަ ތިބެން ބޭނުންނުވާ ބައިގަނޑެއް.
ކޮން ފިޔަވަޅެއް މަލީހަށް އެޅޭނީ. ފިޔަވަޅު އަޅަންވީ މަޖިލީހުގައި އެތިބަ ޣައްދާރުންނަށް