ބޮލީވުޑްގެ މަޝްހޫރު ފިލްމު އުފެއްދުންތެރިޔާ ބޯނީ ކަޕޫރާއި މަޝްހޫރު ބަތަލާ ސްރީދޭވީގެ ހަގު އަންހެ ދަރި، އަދި ޒުވާން ބަތަލާ ހުޝީ ކަޕޫރު އުމުރުން 25 އަހަރުގައި 63 ލައްކަ ރުޕީސް (66,000 އެމެރިކާ ޑޮލަރު)ގެ އަގުހުރި އެޕާޓްމަންޓެއް ގަނެފި އެވެ.
ހަބަރުތައް ބުނާ ގޮތުގައި ހުޝާ އެ އެޕާޓްމަންޓް ގަނެފައިވަނީ މުމްބާއީގެ އެންމެ އަގުބޮޑު އެއް ސަރަޙައްދު ކަމަށްވާ ބެންޑްރާ އިންނެވެ.
ޕްރޮޕަޓީ ރަޖިސްޓްރީގެ ލިޔެކިޔުންތަކުން ދައް ގޮކާތުގައި ހްޝީ ގަނެފައިވާ މި އެޕާޓްމަންޓް ހުންނަނީ ބެންޑްރާ ވެސްޓްގެ 25 ވަނަ މަގުގައި ހުންނަ 'ސަމްތަދީޕް ބިލްޑިންގް'ގަ އެވެ. މިއީ ބޮލީވުޑްގެ އެކި ތަރިންނާއި މުއްސަނދިން ދިރިއުޅުމަށް ވަރަށް ބޮޑަށް ޝައުގުވެރިވާ ސަރަޙައްދެކެވެ.
މި އެޕާޓްމަންޓުގެ ބޮޑުމިނަކީ ގާތްގަނޑަކަށް 180 އަކަފޫޓުގެ ކާޕެޓް އޭރިއާ އެކެވެ. މި މުދާ ގަތުމުގެ މުއާމަލާތް ރަޖިސްޓްރީ ކޮށްފައިވަނީ ސެޕްޓެމްބަރު 1، 2026ގަ އެވެ. އަދި މި ޕްރޮޕަޓީއަށް ސްޓޭމްޕް ޑިއުޓީގެ ގޮތުގައި އެކަނިވެސް 3.15 ލައްކަ ރުޕީސް ދައްކާފައިވާ ކަމަށް ރެކޯޑުތަކުން ދައްކައެވެ.
ޒުވާން އުމުރުގައި ފިލްމީ ދާއިރާއިން ކުރިއެރުންތައް ހޯދަމުން އަންނަ ހުޝީ 2023 ވަނަ އަހަރު ނުކުތް ދަ އާޗިސް"އިން ބޮލީވުޑަށް ތައާރަފުވެފައިވާއިރު، އޭނާގެ އަމިއްލަ ނަމުގައި ރިއަލް އެސްޓޭޓް ވިޔަފާރިއަށް ނުކުމެ މިފަދަ އިންވެސްޓްމަންޓެއް ކުރުމަކީ ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ ކަމެކެވެ.
ޑިޕްރެޝަން: ތެރަޕީއާއެކު ދިރިއުޅުމަށް ވެސް ބަދަލު ގެންނަންޖެހޭ!
ބްރިޖް މަތިން ފުންމާލި މީހާ ހޮސްޕިޓަލުގައި އޮއްވާ ހައްޔަރުކޮށްފި
ބޫޓާއި ފައިވާނުގެ ސަބަބުން ކަކުލުގެ މައްސަލަތަކަށް މަގުފަހި ވޭތަ؟