ބޮލީވުޑްގެ ތަޖުރިބާކާރު ވެޓެރަން އެކްޓަރު އަނޫޕަމް ކޭރް ފިލްމީ ދާއިރާގައި ހޭދަކުރި 40 އަހަރަށްވުރެ ދިގު ދަތުރާއި، ކޮލަމްބަސްގައި އޭނާ ހުށަހަޅައިދިން "ޖާނޭ ޕަހެޗާނޭ އަަންޖާނޭ" ސްޓޭޖް ޝޯއާ ގުޅިގެން އެމެރިކާގެ އޮހާއޯ ސްޓޭޓުން އޭނާއަށް ހާއްސަ ޝަރަފެއް އަރުވައިފިއެވެ.
މި ހާއްސަ ޝަރަފު ލިބުމާ ގުޅިގެން އަނޫޕަމް ކޭރު ވަނީ އިންސްޓަގްރާމްގައި އެކަމުގެ އުފާވެރި ހަބަރު ހިއްސާކޮށް، އޮހާއޯގެ ގަވަރުނަރު މައިކް ދިވައިން އަދި ލެފްޓިނެންޓް ގަވަރުނަރު ޖިމް ޓްރެސެލްއަށް ޝުކުރު އަދާކޮށްފަ އެވެ.
މި ޝަރަފު ބަލައިގަންނަނީ ނުހަނު ފަހުރުވެރިކަމާއި އިހުތިރާމާއެކު ކަމަށް ވެސް އަނުޕަމްގެ ޕޯސްޓުގައި އޭނާ ބުނެފައިވެ އެވެ..
އިންސްޓަގްރާމްގައި ހިއްސާކުރި މެސެޖުގައި އަނުޕަމް އިތުރަށް ބުނެފައިވަނީ، އަމިއްލަ ގައުމާ މިހާ ދުރުގައި ހުރެ މިފަދަ ބޮޑު އިހުތިރާމަކާއި ޝަރަފެއް ލިބުމަކީ ހިތަށް ވަރަށް އަސަރުކުރި ކަމެއް ކަމަށެވެ.
އެއާއެކު މި ޝަރަފު އޭނާ ވަނީ އިންޑިއާގެ ފިލްމީ ދާއިރާއަށާއި، "ޖާނޭ ޕަހެޗާނޭ އަަންޖާނޭ" ސްޓޭޖް ޝޯގެ މުޅި ޓީމަށް ހާއްސަ ކޮށްފަ އެވެ. އޭނާ ބުނި ގޮތުގައި، އޭނާއަށް މިއަދު ލިބިފައިވާ މަޝްހޫރުކަމާއި އައިޑެންޓިޓީއަކީ އިންޑިއާގެ ފިލްމީ ދާއިރާގެ ހަދިޔާ އެކެވެ.
އަނުޕަމް ފިލްމީ ދާއިރާއަށް ތައާރަފުވީ 1984 ވަނަ އަހަރު މަހޭޝް ބަޓްގެ "ސާރާންޝް" ފިލްމުންނެވެ. އޭގެ ފަހުން އޭނާ ވަނީ ބޮލީވުޑްގެ ކާމިޔާބު ގިނަ ފިލްމުތަކެއްގައި މުހިއްމު ރޯލުތަކެއް އަދާކޮށްފަ އެވެ.
އޭގެ ތެރޭގައި "ކަރްމާ"، "ތެޒާބު"، "ދިލް"، "ހަމް އާޕްކޭ ހޭ ކޯން"، "ދިލްވާލޭ ދުލްހަނިއާ ލޭޖާއެންގޭ"، "ކުޗް ކުޗް ހޯތާ ހޭ" އަދި "އޫންޗާއީ" ފަދަ މަޝްހޫރު ފިލްމުތައް ހިމެނެ އެވެ. އޭނާ އެންމެ ފަހުން ފެނިގެން ދިޔައީ "ތަންވީ ދަ ގްރޭޓް" އިންނެވެ.
އިންޑިއާގެ ޖާސޫސް އާރްއެން ކާއޯގެ ހަޔާތުގެ މައްޗަށް ފިލްމެއް!
ރަސްމާލެ ވިއްކާލި ކުންފުނިން ހުޅުމާލޭގައި ވިއްކަން ފްލެޓް އަޅަނީ