ބޮލީވުޑްގެ އެންމެ މަޝްހޫރު އަދި އެންމެ ފާހަގަ ކޮށްލެވޭ އެއް ޖޯޑު ކަމަށްވާ ސައިފް އަލީ ޚާނާއި ކަރީނާ ކަޕޫރްގެ ލޯބީގެ ވާހަކައަކީ އަބަދުވެސް ގިނަ ބައެއްގެ ސަމާލުކަން ލިބޭ ވާހަކައެކެވެ.
ރިޕޯޓުތައް ބުނާ ގޮތުން، ކަރީނާ އާ ކައިވެނި ކުރަން ނުވަތަ ލޯބި ހުށަހަޅަން ސައިފް ވަނީ އޭނާއަށް ތިން ފަހަރަކު ހުށަހަޅާފަ އެވެ.
ކަރީނާ އާ ފުރަތަމަ ލޯބި ހުށަހެޅި ފަހަރުގެ ހަނދާންތައް އާ ކުރަމުން، ސައިފް ވަނީ އެމީހުންގެ ލޯބީގެ ދަތުރުގެ ބައެއް ޝައުގުވެރި ވާހަކަތައް މީޑިއާއަށް ހިއްސާ ކޮށްފަ އެވެ.
ސައިފް ބުނެފައިވާ ގޮތުގައި ކަރީނާއާ އެކު ފުރަތަމަ ފަހަރަށް ލޯބީގެ ގޮތުން ގުޅެން އެދުނުއިރު އޭނާއަށް ލިބުނީ ނޫން ޖަވާބެކެވެ. ނަމަވެސް އޭނާ ހިތްވަރު އެލުވައެއް ނުލަ އެވެ.
ދެވަނަ ފަހަރަށް އަދި ތިންވަނަ ފަހަރަށް ވެސް ސައިފް ވަނީ ކަރީނާގެ ކިބައިން ކައިވެންޏަށް އެދިފަ އެވެ. ހާއްސަކޮށް މުމްބާއީ، ޕެރިސް އަދި ގްރީސް ފަދަ ރީތި މާހައުލުތަކުގައި ވެސް މި ޚުށަހެޅުންތައް ހުށަހަޅާފައިވާ ކަމަށްވެ އެވެ. އެންމެފަހުން، ސައިފްގެ އިހްލާސްތެރިކަމާއި ލޯބި ފެނި، ކަރީނާ އެ ހުށަހެޅުމަށް އާނއެކޭ ބުނީ އެވެ.
އެ ދެމަފިރިން 2012 ވަނަ އަހަރު ކައިވެނި ކޮށްފައިވާއިރު، މިހާރު އެމީހުންނަށް ތައިމޫރާއި ޖެހަންގީރު ނަމަކަށް ކިޔާ ދެ ފިރިހެން ކުދިން ލިބިފައިވެ އެވެ.
ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ ޖޯޑުތަކުގެ ތެރޭގައި ހިމެނޭ ސައިފާއި ކަރީނާގެ މި ލޯބީގެ ވާހަކައަކީ މިއަދުވެސް ގިނަ ބަޔަކު ފާހަގަކުރާ ވާހަކަ އެކެވެ.
ޕީއެންސީ މެންބަރުންނަށް ފައިސާ ދިނުމަކީ ކޮރަޕްޝަނެއް ނޫން: އޭސީސީ
އެމެރިކާއިން ހަމަލާދީފިނަމަ ބޮޑެތި ގެއްލުންތަކެއް ދޭނަން: އީރާން
ޔޫކޭއަށް ދަތުރުކުރާ ދިވެހިން އީޓީއޭއަށް ސަމާލުވާން އެދިއްޖެ