ރަސްމާލޭގައި އީގަލް ހިލްސްއިން ތަރައްގީކުރާ ޕްރޮޕަޓީތަކުގެ ތެރެއިން ވަކި ގައުމެއްގެ ރައްޔިތުންނަށް އެންމެ ގިނަވެގެން ގަނެވޭނީ %25 ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
'ދަ ޕަލްސް' ޕްރޮގްރާމުގައި، އީގަލް ހިލްސްއިން ރަސްމާލޭގައި ތަރައްޤީކުރާ ޕްރޮޕަޓީ ގަންނަ ބޭރުގެ ފަރާތްތަކަށް ދިވެހި ރައްޔިތުކަން ލިބިދާނެތޯ ސުވާލު ކުރުމުން ރައީސް ވިދާޅުވީ، ދިވެހި ރައްޔިތުކަން ލިބޭނެ ގޮތް ރާއްޖޭގެ ގާނޫނުތަކުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އީގަލް ހިލްސްއިން ތަރައްގީކުރާ ޕްރޮޕަޓީތައް ގަންނަ މީހުންނަކީ ވަކި އެއް ގައުމެއްގެ ބަޔަކަށް ނުވާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވީ، ރިއަލް އެސްޓޭޓާ ގުޅޭ ގާނޫނެއް ވަރަށް އަވަހަށް ތައާރަފް ކުރައްވާނެ ކަމަށާއި، އެ ގާނޫނުގެ ދަށުން ވަކި އެއް ގައުމެއްގެ ނަސްލަކަށް ނިސްބަތްވާ މީހުންނަށް ގަނެވޭނެ އިންސައްތަ ލިމިޓު ކުރެވޭނެ އެވެ. އެގޮތުން އެއްވެސް ގައުމެއްގެ ރައްޔިތުންނަށް އެންމެ ގިނަވެގެންވެސް ތިބެވޭނީ %25 ގައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މީގެއިތުރުން އިޒްރޭލުގެ ރައްޔިތުންނަށް މި މަޝްރޫއުގެ ތެރެއިން އަދި ކުރިއަށް އޮތްތަނުގައި އެހެން އެއްވެސް މަޝްރޫއަކުންވެސް ރާއްޖޭގައި އެއްވެސް ޕްރޮޕަޓީއެއް ގަނެ، ވިއްކައި އަދި ކުއްޔަށް ހޯދުމުގެ އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ގާނޫނުގެ ތެރެއިން އެކަންކަން އެކޮށް ބަންދު ކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެން ރިއަލް އެސްޓޭޓާއި ބެހޭ ޤާނޫނެއް ތައާރަފްކުރުން އަދި މިއޮތީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި. ވަކި އެއް ޤައުމެއްގެ ނަސްލަކަށް ނިސްބަތްވާ މީހުން އިނގޭތޯ ވަކި އިންސައްތައަކަށް އަޅުގަނޑުމެން ލިމިޓުކުރާނަން. އަޅުގަނޑުމެން ކަނޑައަޅާފައި މިއޮތީ، އެއްވެސް ގައުމެއްގެ ރައްޔިތުން އެންމެ ގިނަވެގެން %25 އަށޭ ތިބެވޭނީ އިނގޭތޯ. އެއަށްވުރެ ގިނައިން ވަކި ޤައުމެއްގެ ރައްޔިތުންނަށް ނުތިބެވޭނެ. އަދި އަމުދުން އިޒްރޭލުގެ ރައްޔިތުންނަކަށް ނުތިބެވޭނެ." ރައީސް ވިދާޅުވި އެވެ.
ރަސްމާލޭގައި އީގަލް ހިލްސްއިން ތަރައްގީ ކުރާ ޕްރޮޕަޓީތައް ގަތުމަށް ބޭރު ގައުމުތަކަށް ލިމިޓު ކަނޑައެޅި ނަމަވެސް، ދިވެހި ރައްޔިތުންނަށް އެއްވެސް ލިމިޓެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ދިވެހިން ބޭނުންނަމަ އެ ތަނުގެ ހުރިހާ ޕްރޮޕަޓީއެއް ގަތުމުގެ ފުރުސަތުވެސް އޮންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ޗާގޯސް ކޮމިޝަންގެ ރައީސާއި އިތުރު މެންބަރަކު ބަދަލުކޮށްފި
ހަސީނާ އާ ޕާސްޕޯޓަކަށް އެދިވަޑައިގެންފި

އިޒްރޭލު ޒަޔަނިސްޓުން ހޯދުން މުޅި ދުނިޔެ އަށް ނުކުޅެދިފައިވާ އިރު ރާއްޖެ އަށް އެމެން ހޯދޭނެ ގޮތް އޮންނާނެ ކަމަށް ބުއްދި އަށް ޤަބޫލުކުރަން ދަތި ސަބަބަކީ ޒަޔަނިސްޓުން އިޒްރޭލުގައި ވަޒަންވެރިވެ ތިބޭ އިރު ގިނަ މީހުންނަކީ އެހެން ގައުމު ތަކުގެ ރައްޔިތުންނޭ އެކަން ސަރުކާެރަށް ހޯދޭނެ އެއްވެސް ގޮތެއް ނޯންނާނެއޭ ސަރުކާރަށް ވެސް މިކަން ރަނގަޅަށް އިނގޭނެއޭ ސަރުކާރުން އޮޅުވާލަން ވެގެން ވާހަކަ ދައްކަނީ ސުވާލު އުފެދެނީ ކިއެއްވެތޭ ހިލޭ 500 ހެކްޓަރު ބިން ދިނީ އެއީ ކީއްވެތޭ...
ރަސްމާލޭން އީގަލްސް ހިލްސް އަށް ހިލޭ ދިން 500 ހެކްޓަރުގެ ބިން އެއް ގައުމެއްގެ ބަޔަކަށް 25 އިން ސައްތަ ބިން ވިއްކާނަމަ އެމިރާޓް އިން ގަނެފާނެ އެބިންތައް އެއީ އީގަލްސް ހިލްސް ގެ ވެރިން ދެން ގަތަރުން ދެން އޮމާން އިން އެއަށްފަހު ދެންވާނެ ގޮތް ބަލާށޭ އެމެން ދޭނީ އެތަން ތަން އޮޕަރޭޓް ކުރަން އޮޕަރޭޓަރ އަކަށް އެއީ ޒަޔަނިސްޓުން ހިންގާ ކުންފުނި ތައް މިޖެހުނީ ކޮންތާކުތޭ ހިލްޓަން ރިސޯރޓް ފުރަތަމަ އޮޕަރޭޓް ކުރީ ދެން އެމެން ދިވެހިންގެ ހިއްސާ އެއްކޮށް ގަނެލީދޯ
ސަރުކާރަށް ދުނިޔޭގެ ތާރީޚް އިވޯލްވް ވަމުންދާ ގޮތް ނޭގެއޭ އެމިރާޓް 2030 އަންނައިރު މިހާރު އެއޮތް ސްޓޭޓަސް ގައި ނޯންނާނެއޭ ސައުދީ ތެރޭން އަޕްރައިޒިންގް ފެށެން ތައްޔާރު ވަނީ ހޫތީން އިމާރޖް ވަމުން އައިސް އެމެންގެ ލަޝްކަރު ސައުދީ ތެރެއަށް ވައިރޯޅި އެއް ވަންނަ ގޮތަށް ވަންނާނެއޭ ސައުދީ ޝާޚީ އާއިލާ އެމެރިކާ އަށް ފިލާނެއޭ ދެން އެެމެން ފަހަތުން އެމިރާޓް އެމްބީޒެޑް ވެސް ފިލާނެއޭ މުޅި އެމިރާޓް ބޭންކްްރަޕްޓްސީ އިއުލާން ކުރާނެއޭ އައި ޖަސްޓް ސީ ދިސް ޑޭ ޑްރީމް..