މޫސުން ވަރަށް ބޮޑަށް ގޯސްވެ، ވިލާގަނޑުގައި ގަދަވަޔާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ކ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ރީނދޫ ސަމާލު (ޔެލޯ އެލާޓް) ނެރެފި އެވެ.
މެޓް އޮފީހުން މި ސަމާލު ނެރެފައިވަނީ މިއަދު ހަވީރު 5:00 އިން ފެށިގެން މިރޭ 9:00 އާ ހަމައަށެވެ. އެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި މި ވަގުތުތަކުގައި ސަމާލު ނެރެފައިވާ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވެ އެވެ.
މޫސުމާ ބެހޭ އިދާރާއިން ބުނި ގޮތުގައި މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ވަނީ ގަދަވެފަ އެވެ. އަދި އަރަބި ކަނޑާއި ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ކޮޅިގަނޑުތަކުގެ ސަބަބުން ރާއްޖޭގެ ހުޅަނގުން ބޯ ވިއްސާރަވިލާ އުފެދި، އަތޮޅުތަކުގެ މައްޗަށް ދަނީ އަރަމުންނެވެ. އެހެންކަމުން، ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވެ އެވެ.
އާންމު ގޮތެއްގައި ވައިޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި، ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އަދި ރާޅުގެ އުސްމިން 4 ފޫޓާއި 7 ފޫޓާ ދެމެދުގައި ހުންނާނެ ކަމަށް މެޓް އޮފީހުން މައުލޫމާތު ދެއެވެ.
މީގެއިތުރުން، ކުރިއަށް އޮތް ތިން ދުވަހު ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ ސަރަހައްދުތަކުގައި ވަޔާއި ކަނޑުތައް އިތުރަށް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
މޫސުން ގޯސްވެ، ކަނޑުގަދަވާ ދުވަސްވަރު ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތައް ހިނގުމުގެ ފުރުސަތު ބޮޑުވާތީ، ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި، ދަތުރަށް ފުރުމުގެ ކުރިން ސަލާމަތީ ފިޔަވަޅުތައް ފުރިހަމައަށް އެޅުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި އާންމު ހުރިހާ ރައްޔިތުން ވެސް މި ދުވަސްވަރު މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އެދިފަ އެވެ.
އީގަލް ހިލްސް އެއްބަސްވުން ހާމަކުރުމާމެދު ރައީސްގެ ޖަވާބެއް ނެތް
ޝަރުތުތައް ފުރިހަމަނުވަނީސް މަޝްވަރާ ނުކުރާނެކަމަށް އީރާން ބުނެފި
ގްރޫޕަކުން އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް
މޫސުން ގޯސްވެ، ބޮޑު ސަރަހައްދަކަށް ހުދު އެލާޓް ނެރެފި