ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ވިއްކާލެއްވި ބޭފުޅަކު، މިއަދު ރާއްޖެއަށް ފައިދާވާނެ ގޮތް ކިޔައިދެއްވަން އުޅުއްވުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.
ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން މިފަދައިން ވިދާޅުވީ، ރަސްމާލެ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކުރުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ނުރުހުން ފާޅުނުކުރުމަށް އެދިވަޑައިގެން ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެންނެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ރައީސް ނަޝީދު ވަނީ، ރަސްމާލެ މަޝްރޫއާ ގުޅުވައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރަށް ފުރައްސާރަ ކުރުމަކީ ރާއްޖެއަށް ވަރަށް ބޮޑަށް ގެއްލުންވެދާނެ ކަމެއް ކަމަށާއި، އޭގެ ސަބަބުން ރާއްޖޭގައި މިހާރު ހުރި ޔޫއޭއީގެ އިންވެސްޓްމަންޓްތަކަށް ވެސް ހުއްޓުން އަތުވެދާނެ ކަމަށް ވިދާޅުވެފަ އެވެ.
ރައީސް ނަޝީދުގެ މި ވާހަކަފުޅުތަކަށް އިޝާރާތް ކުރައްވައި ރައީސް ޔާމީން ވިދާޅުވީ، ރައީސް ނަޝީދަކީ އެމަނިކުފާނުގެ އަމިއްލަ ވެރިކަމުގައި ގައުމަށް އެތައް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ފަދަ ޑީލްތައް ނިންމެވި ބޭފުޅެއް ކަމަށެވެ. އެހެންކަމުން، މިއަދު ރާއްޖެއަށް ހެޔޮ ގޮތް ނިންމަން ރައީސް ނަޝީދު އިރުޝާދު ދެއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
މީގެއިތުރުން، ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ މިފަދަ ބިޔަ މަޝްރޫއުތަކަށް ފާޑުވިދާޅުވަމުން ރައީސް ޔާމީން ވަނީ، ދިވެހިންގެ މުސްތަގުބަލު ވިއްކާލައިގެން ކަންކަން ކުރަމުންދާއިރު، އެފަދަ ކަންކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް (ރިފަރެންޑަމެއް) ނަގަން ޖެހޭނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.
އިންޑޮނޭޝިއާގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި
އީރާނުން ޔޫރަޕްގައި ހުރި ޔޫއެސްގެ ބޭސްތަކަށް ހަމަލާގެ އިންޒާރު
ސީޕްލޭން އަރިއަޅާލި ވަގުތު އަނިޔާވި ކެބިން ކްރޫ ވެންޓިލޭޓަރުގައި
ރަސްމާލެ ތަރައްގީ ކޮށްގެން ރިސޯރޓް ތަކުން ލިބޭ ޓީޖީއެސްޓީގެ 8 ގުނަ އިތުރުވާން ޖެހޭނެ އެއްވެސް ސަބަބެއް ނެތޭ 8800 ޕްރޮޕަރޓީގައި އުޅޭނީ ޓީޖީއެސްޓީ ދައްކާ ޓޫރިސްޓުން ނޫނޭ އެތަނުގައި އުޅޭނީ ރެސިޑެންޝަލް ވިސާ ނަގައިގެން އުޅޭ މީހުންނޭ އެމެން ނުޖެހޭނެއޭ ޓީޖީއެސްޓީ ދައްކަން އެމެން ޓީޖީއެސްޓީ ދައްކަން ޖެހޭނަމަ އެ ޕްރޮޕަރޓީ ތައް އެމެން ނުގަންނާނެއޭ ބަދަލުގައި ދާނީ ރިސޯރޓް ތަކަށޭ ރެސިޑެންސް ވިސާ ނަގާ މީހުން ބޭނުންވާނީ ކުޑަ ޚަރަދަކުން ދިރިއުޅުމަށޭ ދިމާނުވޭ ކެނެރީގެ ނަޝީދަށާއި މުއިއްޒު އަށާއި މުއްތޮލިބު
ކެނެރީގެ ނަޝީދު އަދި މުއިއްޒު މިދެމީހުންނޭ އަލައްބާރުގެ ދިފާއުގައި ވާހަކަ ދައްކަނީ އެއް ފަހަރުވެސް ތަމެން ދެ މީހުން ބުނެދީބަލަ 500 ހެކްޓަރުގެ ބިން ރަސްމާލޭން ހިލޭ އަލައްބާރަށް ދޭން ސަރުކާރުން އެއްބަސްވާނެތޭ އެމެން 5 ހާސް ފްލެޓްސް އަޅާނެ ދުވަހަކު އަޅައިގެން ކާކުތޭ ތިޔާ ކަން ގަބޫލުކުރާނީ ތިޔާއީ ބޮޑު ސްކޭމް އެކޭ އަލައްބާރު އަތުން 500 މިލިއަން ޑޮލަރާއި ގާތަށް ކަޓްގެ ގޮތުގައި ފައިސާ ވަނީ ރަސްމާލެ ކަލްޕްރިޓް އިން ނަގާފައޭ މީ އަލައްބާރު ދިފާއުކުރާގޮތް
މާލޭ މަޖީދީމަގުގައި ހުރި ހުރިހާ ފިހާރަތަކަކީ ބޮޑެތި ކުލި ކޮންމެ މަހަކު ދައްކައިގެން ވިޔާފާެރި ކުރާ ވިޔާފާރި ތަކޭ އެމެން އެބޮޑު ކުލި ދައްކަމުން ވިޔާފާރި ކުރަމުން ޓެކްސް ދައްކަމުން ދަނީ ލިބޭ އާމްދަނީގެ %75 އެއީ ކުލި ސަރުކާރެއް އޮތުމުގެ ބޭނުމަކީ މިފަދަ ކަންކަން ބަލާދިރާސާ ކޮށް އެމެންގެ އަމިއްލަ ބިން ތަކުގައި އެމެންނަށް ވިޔާފާރި ކުރެވޭނެ ގޮތް ހެދުން ރަސްމާލެ އެއީ އުއްމީދުގެ ފެށުން އެކަން ފަނުފުލުން ދުއްވާލަނީ ކެނެެރީގެ ނަޝީދު ބުނެގެން މުއިއްޒުދޯ މިކަން ކޮށްދެނީ ހިލޭ 500 ހެކްޓަރުގެ ބިން އަލައްބާރަށް
މާލޭގައި ވިޔާފާރިކުރަމުން އަންނަ ވިޔާފާރިވެރިންނަށް ބަލާއިރު ރާއްޖޭގެ ބޭންކް ތަކުގައި އެމެންގެ އެކައުންޓް ގައި 1 ބިލިއަން ރުފިޔާ އަށް ވުރެން ގިނައިން ދިވެހި ރުފިޔާ ހުރި ވިޔާފާރިވެރިން އެބަތިއްބޭ އެއީ ދައްކަން ޖެހޭ ހުރިހާ ޓެކްސް އެއް އެމެން ދައްކާފައޭ ހުންނަނީ މިފަދަ ވިޔާފާރިވެރިންގެ އިންވެސްޓްމެންޓް ތައް އިތުރު ކުރަން އެމެންނަށް ކޮންމެ ހެކްޓަރެއްގެ ބިން ވިއްކާ ގޮތަށް ހެދިނަމަ ސަރުކާރަށް ވެސް ފައިސާ ލިބި ގައުމުގެ ވިޔާފާރިވެރިން ކުރިއަރާނެއޭ މީދޯ ރައްޔިތުން ހޮވާފައިވާ ވެރިއަކު ވެރިކަން ކުރަން ޖެހޭ
މީރާ އަށް އެންމެ ގިނައިން ޓެކްސް ދައްކާ އަމިއްލަ ކުންފުނި ތަކަށް ރައީސް މީހާ އެވޯރޑްދޭން ލަދެއް ހަޔާތެއް ނެތި އެކަން ކުރޭދޯ އެކަމަކު އެމެންގެ ވިޔާފާރި ތައް މަތީ ހަރުފަތް ތަކަށް ގެންދަން އެއްވެސް ވިސްނުމެއް އެއްވެސް ރައީސް ކަންކުރާ މީހެއްގައިގައި ހުރި ނަމަ ރާއްޖޭގެ އިކޮނޮމިކް ލޭންޑްސްކޭޕް މުޅިން މަތީ ހަރުފަތަކަށް ގެންގޮސްދޭނެ ރަސްމާލޭން 500 ހެކްޓަރުގެ ބިން ހިލޭ ނުދޭނެއޭ ޑިކްޓޭޓަރޝިޕް ހިންގާ އަރަބި ގައުމެއްގެ ވެރިކަމާއި ގުޅޭ އަރަތްބަކަށް ނުދޭނެއޭ
އެމްޑީޕީ ދޫނުކޮށް އެމްޑީޕީ ވި ހާލެއްގައި އެމްޑީޕީ ސަލާމަތް ކޮށްދޭން މަސައްކަތް ކޮށް އަދި ވެރިކަމަށް ނުހޮވުނުނަމަވެސް އެމްޑީޕީ ގެ ކަންކަން ރަނގަޅަށް ކުރިއަށް ގެންގޮސް ގައުމުގެ މިނިވަން ކަން ދަމަހައްޓަން ރާއްޖޭގައި ވެރިކަން ކޮށްފައި ހުރި މީހެއްގެ ހައިސިއްޔަތުން ރައީސް އިބޫ ވަނީ އަލައްބާރަށް ރަސްމާލޭން ހިލޭ 500 ހެކްޓަރުގެ ބިން ދިވެހިންނަށް ނުދީ ދިނުމުން އެކަމުގައި ސަރުކާރުން ހާމަކުރަން ޖެހޭނެ ކަންކަން އިއުލާން ކޮށްފައޭ ކެނެރީގެ ނަޝީދަށް ނުކެރޭދޯ އެކަން ހާމަކުރަން ކެނެރީގެ ނަޝީދަށް ނޯންނާނެއޭ
އެމްޑީޕީ ކެނެރީގެ ނަޝީދު އޭނާ ބޭނުންވާ މީހާ ކަނޑާލެވޭ ގޮތަށް އޮތް އޭނާގެ އަމާ ބަފާ ތަރިކަ މުދަލެއް ނޫނޭ އެމްޑީޕީން ކެނެރީގެ ނަޝީދާއި ޚިޔާލު ތަފާތުވެގެން ރަސްމާލެ އީގަލްސް ހިލްސް އަށް 500 ހެކްޓަރުގެ ބިން ހިލޭ ދީގެން ކަޓް އޭނާ ނެގި ނަމަވެސް ރައީސް އިބޫ އެކަޓް ނުނަގައޭ ދެން ރައީސް އިބޫ ގެ ބަސް ދިވެހި ގައުމުގެ މިނިވަން ކަން ދިފާއު ކުރުމަށް ޓަކައި ވަރަށް މުހިއްމޭ އޯއް އޯއް އިބޫ ޔުއަރ ޖެކެޓް އޮން މައި ޝޯލްޑަރ މޭކްސް މީ ފީލް ލިޓިލް ވޯރމަރ އޯއް އޯއް އައި ރިމެމްބަރ ވައި އައި ލަވް ޔޫ އައި ޖަސްޓް ވޮނާ ސްޓޭ
ކެނެރީގެ ނަޝީދު ކޮލިފައި ނުވޭ އިދިކޮޅު އެމްޑީޕީގެ ޗެއަރޕަރސަންގެ މަގާމަށް އޭނާ އަކީ ރަސްމާލޭން ހިލޭ 500 ހެކްޓަރުގެ ބިން އަލައްބާރަށް މޭޒުދަށުން ދަމާ ކުޅެގެން ދިން ކަލްޕްރިޓް ބޯރޑް މެމްބަރެކޭ އޭނާ ޖެހޭނީ އެމްޑީޕީ ތެރޭން ބޭރުކުރާށޭ ނުބަޔަކުން ރަނގަޅު ނުނިކުންނާނެއޭ އަލަގަހަކުން ކެޔޮނިރެއް ނުފަޅާނެއޭ އެކަން ދަންނާށޭ ރައީސް އިބޫ ވެސް ކެނެރީގެ ނަޝީދަކީ ޑިކްޓޭޓަރަކަށް ވުރެން ނުބައި މީހެކޭ ސައުދީ އެމްބީއެސް އެއީ ކެނެރީގެ ނަޝީދާއި އެއްގޮތް މީހުން...
ހުޅުމާލޭ އެކެއް އަދި ދޭއްގައި ވެސް ގިނަ ބިންތަކެއް ހުހަށް އެބަހުއްޓޭ މާލޭގައި ލައިޓް އިންޑަސްޓްރިއަލް ވިޔާފާރި ކުރާ މީހުންނަށް އެކަން ކުރާނެ ބިމެއް ނެތިގެން އެމެން ގޮސް އެޗްޑީސީ ފައިބުޑަށް ވެއްޓި އާދޭސް ކުރާއިރު ވެސް އެޗްޑީސީން އަޑުނާހާ ދިވެހި ޓެކްސް ޕޭކުރާ މީހުން ދައްކާ ވާހަކަ އެއް ދެން ކުއްލި އަކަށް އަރަތްބަކު އައިސް ކަޓްގެ ގޮތުގައި މިލިއަނުން އިދިކޮޅު ލީޑަރަށާއި ސަރުކާރުގެ ބޮޑުންނަށް ކަޓްދޭއިރަށް ރަސްމާލޭން ހިލޭ ބިން ދޭން ނުޖެހޭނެއޭ ނުޖެހޭނެއޭ ނުޖެހޭނެއޭ ނުޖެހޭނެއޭ ނުޖެހޭނެއޭ ނުޖެހޭނެއޭ
ތިލަފުށިން ހިލޭ ބިމެއް ދިވެހި ވިޔާފާރިވެރިއަކަށް ނުދޭ ބިން ޖެހެނީ ބޮޑު އަގުގައި ގަންނަން އަނެއް ކޮޅުން ސީއެސް އާރުގެ ދަށުން ވެސް އެތައް މިލިއަނެއް ދައްކަން ޖެހޭ މީ ދިވެހިން ވިޔާފާރި އެއް ކުރަން ވެގެން މާލެ ސަރަހައްދުން ބިމެއް ހޯދަން ގަނަ ތެޅެން ޖެހޭ ގޮތަކީ އެކަމަކު އަލައްބާރު ކިޔާ އަރަތްބަކު އައިސް ބުނާ އިރަށް އެމެންނަށް ހިލޭ ރަސްމާލޭން 500 ހެކްޓަރުގެ ބިން ދޭން ޖެހޭނެ އެއްވެސް ގޮތެއް އަދި ހަމައެއް މަމެންނަށް ނުފެނޭ އެމެން ޓެކްސް ދެއްކި ބައެއް ނޫނޭ ބިންތައް ފޭރިގަތީ ސަރުކާރަށް ކަޓްގެ ގޮތުގައި 2
ރަސްމާލޭން 500 ހެކްޓަރުގެ ބިން ރާއްޖޭގެ ރިސޯރޓް އޯނަރުންނަށް އެ ފުރުސަތު ހުޅުވާލާ އެމެންނަށް ހިލޭ ބިންތައް ދީގެން ބަދަލުގައި ފްލެޓްސް ތައް އަޅަން ދީބަލަ ފުރުސަތު ރިސޯރޓް އޯނަރުން ތިޔާ ކަންކުރާނެއޭ މާބޮޑަށް ރަނގަޅަށް އެމެންނޭ ޓެކްސް ދައްކަނީ އަދި ޑޮލަރު ވެސް މާރުކުރަނީ އެމެންނަށް ފުރުސަތު ދޭންވީއޭ ޗެރިޓީ ބިގްންސް އެޓް ހޯމް އައި ރިމެމްބަރ ވައި އައި ލަވް ދެމް އައި ޖަސްޓް ވޮނާ ބީ ކްލޯސް ޓު ދެމް ނޮޓް އިން އަ ޑްރީމް ބަޓް ސަމްވެއަރ ޓްރޫ ކްލޯސް ކްލޯސް ކްލޯސް ކްލޯސް ޑާންސް ޑާންސް ޑާންސް ޑާންސް....
ކެނެރީގެ ނަޝީދު ކޮލިފައި ނުވާނެއޭ ރާއްޖޭގެ މިނިވަން ކަމުގެ ދިފާއުގައި ދައްކާ އެއްވެސް ވާހަކަ އަކަށް އަދި ހަރަކާތަކަށް ސަބަބު ސާފޭ އޭނާ ވަނީ ރާއްޖޭގެ އެއަރޕޯރޓް ޖީއެމްއާރަށް އޭނާ ކަނޑުފައްތާ ފިލްމް ކުޅެން 250 މިލިއަން ޑޮލަރު ދިނުމުން ޖީއެމްއާރަށް އެއަަރޕޯރޓް ވިއްކާލާފައޭ އަދި އޮޕަރޭޝަނުގައި އެމެން ތިބި އިރު މަހަކު 1 މިލއިަން ޑޮލަރު ކެނެރީގެ ނަޝީދަށް ގަވާއިދުން އެމެން ދިޔާ ދެމުންނޭ މިކަންކަން ރާއްޖެތެރޭ މީހުންނަށް އޭނާ އަށް އޮޅުވާލެވޭނެއޭ މާލެ ދަނޭ
އެމިރާޓްގެ ހަގީގަތް ފުރަތަމަ ދުނިޔެ އަށް ހާމަކުރަން ފެށީ ލަންޑަނުންނޭ އެމިރާޓް އަދި ދުބާއީ ގައި ހިނގަމުން އަންނަ އިކޮނޮމިކް ބަބްލް އެއީ ކޮސްމެޓިކް އިކޮނޮމީ އެކޭ ހަގީގަތެއް ނޫނޭ ސިންގަޕޯރ މޮޑެލް ނޫނޭ އެއީ އެމިރާޓްގެ ދުވަސް ދަނީ ކަން އެއީ ގްލޯބެލް އިކޮނޮމީ ދަންނަ މީހަކަށް އިނގޭނެއޭ ކިއެއްވެތޭ ވައިޓް ހައުސް އިން ސައުދީ އެމްބީއެސް އަދި އެމިރާޓްގެ އެމްބީޒެޑްގެ ފޯން ކޯލް އަދި އީމެއިލް ތަކަށް ރެސްޕޮންޑް ނުކުރަނީ އެއީ ޑިސްޕެންސިބްލް ގައުމު ތަކަށްވާތީއޭ އެމިރާޓް އަދި ސައުދީ އަދި ގަތަރު އަދި އުރުދުން