މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ނަޖީބް ރައްޒާގުގެ ހުކުމް ގޭބަންދުގައި ފުރިހަމަކުރެއްވުމަށް ކުއާލަލަމްޕޫރުގެ ހައިކޯޓުން ކުރި ހުކުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އެންތަނީ ލޯކް ވަގުތުން ވަޒީރުކަމުން އިސްތިއުފާ ދެއްވައިފި އެވެ.
އަންގާރަ ދުވަހު ނެރުއްވި ބަޔާނެއްގައި ލޯކް ވިދާޅުވީ، މިއީ މިދިޔަ ހުކުރު ދުވަހު އޭނާ ހާމަކުރެއްވި ނިންމުމާ އެއްގޮތަށް ނިންމެވި ނިންމުމެއް ކަމަށެވެ.
"ނަޖީބް ރައްޒާގު ގޭބަންދުގައި ހުކުމް ތަންފީޒުކުރުމަށް ކުއާލަލަމްޕޫރު ހައިކޯޓުން މިއަދު ނިންމި ނިންމުމާ ގުޅިގެން، އަދި މިދިޔަ ހުކުރު ދުވަހު އަޅުގަނޑު ހާމަކުރި ގޮތުގެ މަތިން، ޓްރާންސްޕޯޓް މިނިސްޓަރުކަމުން އަޅުގަނޑު މިއަދު މިވަނީ އިސްތިއުފާ ދީފައި،" އޭނާ ވިދާޅުވި އެވެ.
ލޯކް ވަނީ ޑިސެމްބަރު 2022 ގައި ކެބިނެޓާ ގުޅުނީއްސުރެ ބޮޑުވަޒީރު އަންވަރު އިބްރާހީމް އޭނާއަށް ކުރެއްވި އިތުބާރަށްޓަކައި ޝުކުރު އަދާކުރައްވާފަ އެވެ.
މީގެ އިތުރުން، އޭނާގެ ދައުރުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ އިސްވެރިންނާއި މުވައްޒަފުން ދެއްވި އެއްބާރުލުމަށްޓަކައި ޝުކުރު އަދާކުރައްވައި، މިނިސްޓްރީގެ މަސައްކަތްތައް ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި މަގާމުގެ މަސްއޫލިއްޔަތުތައް އޮމާންކަމާއެކު ހަވާލުކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.
ސައުދުގެ މައްޗަށް ކުރާ ދައުވާތައް ކުރިއަށް ގެންދެވޭނެ: ކޯޓް
ރިސޯޓެއްގެ ލޯންޗެއްގައި އަލިފާން ރޯވެ ކެޕްޓަނަށް އަނިޔާވެއްޖެ
ދިރާގު ޕޭ ކަސްޓަމަރުންނަށް 1ރުފިޔާއަށް ވިކްޓޯރިއަސްއިން ބޯބާއެއް
ނަޖީބުގެ މައްސަލަ: އޭޖީ ރަސްގެފާނާ ބައްދަލުކުރަން އެދިއްޖެ
ނަޖީބު ގެއަށް ބަދަލުކުރުމަށް ހުރަސްނާޅަން ރަސްގެފާނު އަންގަވައިފި
ޖޫރިމަނާ ދެއްކުމުން، ނަޖީބު ރައްޒާގު ގޭބަންދަށް ބަދަލުކޮށްފި