ކޮވިޑް-19ގެ ޓެސްޓް ކިޓްތައް ލިބުމުގެ ދަތިކަން ހުންނަ ސަރަހައްދުތަކުގައި ބޭނުންކުރުމަށް ނައިޖީރިއާގެ ސައިންސްވެރިން އަގުހެޔޮ އަދި އަވަހަށް ނަތީޖާ ލިބޭ ޓެސްޓް ކިޓެއް އުފައްދައިފި އެވެ،
މި ޓެސްޓް ކިޓުތައް ބޭނުންކުރެވިގެންދާނީ އާބާދީ ބޮޑު ހިސާބުތަކުގައި ކަމަށް ނައިޖީރިއާގެ ސިއްހީ ކަމާބެހޭ ފަރާތްތަކުން ކަމަށް ބުންޏެވެ.
މި ޓެސްޓް ކިޓަކީ އާންމުކޮށް ބޭނުންކުރެވޭ ޕީސީއާރް ޓެސްޓްތަކަށް ވުރެ އަގުހެޔޮ އަދި 40 މިނެޓުގެ ތެރޭގައި ނަތީޖާ ލިބޭނެ ޓެސްޓެ ކިޓެއް ކަމަށް ނައިޖީރިއަން އިންސްޓިޓިއުޓް އޮފް މެޑިކަލް ރިސާޗްއިން މައުލޫމާތު ދެ އެވެ.
މި ޓެސްޓްގެ އަގު 25 އެމެރިކާ ޑޮލަރަށް ވުރެ ދަށް ވާނެ ކަމަށާއި ސާމްޕަލްތައް އެނެލައިޒް ކުރެވޭނީ މޮބައިލް މެޝިނެއް ބޭނުންކޮށްގެން ކަމަށް ވެ އެވެ. އަދި މި މެޝިން އޮޕަރޭޓްކުރުމަށް މާ ބޮޑު ތަމްރީނެއް ބޭނުންނުވާނެ ކަމަށް އެ އެޖެންސީއިން ބުނެ އެވެ.
އެމްޑީޕީން ފެންނަނީ ހަރުކަށި ގައުމިއްޔަތުގެ ޝިއާރުތަކެއް: ނަޝީދު
އެންޑީއޭގެ މަރުކަޒުން ފިލި ފައިރިޝް ހޯދައި ހައްޔަރުކޮށްފި
ކަޅުބިލަމަސް ކިލޯއެއްގެ އަގު 23 ރުފިޔާއަށް ބޮޑުކޮށްފި
