ސައުތު ކޮރެއާއަށް ނިސްބަތްވާ މިއުޒިކް ގުރޫޕް ބީޓީއެސްއަކީ އާންމުންގެ މެދުގައި އަބަދުވެސް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ގުރޫޕެކެވެ. މި މީހުންގެ ކޮންމެ ލަވައަކަށް ވެސް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިގެންދެ އެވެ.

އެގޮތުން މި އަހަރުގެ މެއި މަހުގެ ތެރޭގައި ބީޓީއެސް އިން ނެރުނު "ބަޓާ" މި ލަވައަށް އަންނަނީ ނެރުނު ދުވަހުން ފެށިގެން ވެސް ބޮޑު ތަރުހީބެއް ލިބެމުންނެވެ. ހަމަ މިއާއެކު ހޮނިހިރު ދުވަހު މިވަނީ ބީޓީއެސްގެ މި ލަވައަށް އިތުރު ކާމިޔާބީއެއް ލިބިފަ އެވެ. އެއީ މި ލަވައަށް ޔޫޓިއުބްގައި 500 މިލިއަން ވިއުސް ލިބުމެވެ.

https://www.youtube.com/watch?v=WMweEpGlu_U

މިއީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ބީޓީއެސްއަށް ލިބުނު ބޮޑު ކާމިޔާބީ އެކެވެ. މިހަފްތާއަކީ މި ލަވަ ބިލްބޯޑް ހޮޓް 100ގައި ޖެހިޖެހިގެން ނުވަ ހަފްތާއަށް ފެނިގެންދާނެ ހަފްތާކަން ވެސް ފާހަގަކޮށްލެވެ އެވެ.

ބީޓީއެސްގެ ސަޕޯޓަރުންގެ މެދުގައި "ބަޓަރު" ވަނީ ބޮޑު މަގްބޫލުކަމެއް ހޯދާފަ އެވެ. އެގޮތުން 24 ގަޑިއިރު ތެރޭގައި 108.2 މިލިއަން ވިއުސް ލިބެގެން ޔޫޓިއުބްގައި އެންމެ ގިނަ ބަޔަކު ބެލި މިއުޒިކް ވީޑިއޯގެ ރިކޯޑް ވެސް "ބަޓާ" ވަނީ މުގުރާލައިފަ އެވެ.