ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ އަބީޝެކް ބަޗަން އާއި ޖޯން އަބްރަހަމް އެކުގައި ފެނިގެންދިޔަ ކޮންމެ ފިލްމަކީ ވެސް ބެލުންތެރިންގެ މެދުގައި މަގުބޫލް އަދި އެހާމެ ކާމިޔާބު ފިލްމުތަކެކެވެ. ދޯސްތާނާ އަދި ދޫމްއަކީ މި ދެތަރިންގެ ކެރިއަރުގެ އެންމެ ކާމިޔާބު ދެ ފިލްމެވެ.

މި ދެ ތަރިން އެކުގައި އިތުރު ފިލްމެއްގައި މަސައްކަތް ކުރާނެކަމުގެ ހަބަރުވެގެން ދިޔައީ ސަޕޯޓަރުންނަށް ލިބުނު ބޮޑު އުފަލަކަށެވެ. މަލަޔާޅަމް އެކްޝަން ތްރިލާ ފިލްމު "އައްޔަޕާނަމް ކޯޝިޔަމް" ގެ ހިންދީ ރިމޭކްއިންނެވެ.

އޮރިޖިނަލް ފިލްމުގައި ފެނިގެންދާނީ އައްޔައްޕަން ކިޔާ ގާނޫނާ އެއްގޮތައް މަސައްކަތްކުރާ ޕޮލިސް އޮފިސަރެއްގެ ރިޓަޔާ ކޮށްފައިވާ އާމީ އޮފިސަރަކާ ދެމެދު ހިގާ ކަންތައްގަނޑެކެވެ.

https://www.instagram.com/p/CS6QdUvMfxP/

ނަމަވެސް އެންމެ ފަހުގެ ހަބަރުތަކުން ބުނާގޮތުގައި އަބީޝެކްވަނީ ފިލްމުން ވަކިވެފަ އެވެ. ޖަގަން ޝަކްތީގެ މި ފިލްމު މަސައްކަތް ނޮވެމްބަރު މަހު ފެށުމަށް ހަމަޖެހިފައިއޮތް އިރު އޮތީ ޕްރި ޕްރޮޑަކްޝަންގަ އެވެ. ނަމަވެސް އަބީޝެކް ދިއުމުން މި ފިލްމު ވަނީ ޖެނުއަރީއަށް ލަސްކޮށްފަ އެވެ. އަބީޝެކް ފިލްމުން ވަކިވެފައި ވަނީ އޭނާގެ ބްރީތް ޝީރީޒްގެ ތިންވަނަ ޕާޓް ހަދަމުންދާތީ ވަގުތު ނެތުމުންނެވެ.

https://www.instagram.com/p/CTPROuZIO_U/

ފަހުގެ ހަބަރުތައް ބުނާ ގޮތުގައި ފިލްމު އުފެއްދުންތެރިން ދަނީ އަބީޝެކްގެ ބަދަލުގައި އެބައި ކުޅުމަށް އަރުޖުން ކަޕޫރުއާ ވާހަކަދައްކަމުންނެވެ. މޯހިދް ސޫރީގެ "އޭކް ވިލަން ރިޓާންސް" ގައިވެސް އަރުޖުން އާ ޖޯންގެ ވަރުގަދަ ރޯލްއެއް ފެނިގެންދާނެ އެވެ.