ހޮންކޮންގް (23 ސެޕްޓެމްބަރު) - ހޮންކޮންގްގައި ރިއަލް އެސްޓޭޓަށް އޮތް ޑިމާންޑް ބޮޑުވެ އެ ގައުމުގައި ހަދާ އެޕާޓްމަންޓްތަކުގެ ޖާގަ ކުޑަ ކުރަން ފަށައިފި އެވެ.

ހޮންކޮންގްގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރާ އެންމެ ބޮޑު ކުންފުނި ކަމަށްވާ ސަން ހަން ކައި ޕްރޮޕަޓީސްއިން އަލަށް ހަދަން ފަށާފައިވާ 5،400 އެޕާޓްމަންޓްތަކަކީ ބޮޑުމިނުގައި ކިންގް ސައިޒް ދެ އެނދުގެ ބޮޑުމިން ހުންނަ ވަރުގެ ކުޑަ އެޕާޓްމަންޓްތަކެކެވެ.

މި އެޕާޓްމަންޓް ޔުނިޓްތަކުގެ އެންމެ ކުޑަ ޔުނިޓްތަކުގެ ބޮޑުމިނުގައި ހުންނަނީ އެންމެ 8.2 އަކަފޫޓެވެ. އެންމެ ބޮޑު ޔުނިޓުތަކުގެ ބޮޑުމިނުގައި 26.3 އަކަފޫޓު ހުންނައިރު އެވްރެޖް ބޮޑުމިނަކީ 12.1 އަކަފޫޓެވެ.

މި އެޕާޓްމަންޓްތަކުގައި ވަކި ކޮޓަރިއެއް ނުހުންނައިރު 70 ޕަސެންޓް ފްލެޓްތަކުގެ ފާޚާނާތަކުގައި ވައި ދައުރުވާނެ ގޮތެއް ނުހުރެ އެވެ. ކޮންމެ ފްލެޓެއްގައި ވެސް ބަދިގެ ހުންނަނީ ނިދާ ސަރަހައްދާ ގުޅިފަ އެވެ.

ހޮންކޮންގްގައި ރިއަލް ސްޓޭޓަށް އޮތް ޑިމާންޑް އިތުރުވުމުގެ ސަބަބުން ބޯހިޔާވަހި ކަމުގެ އަގުތައް ވަނީ އިންތިހާއަށް މައްޗަށް ގޮސްފަ އެވެ. މީގެ އިތުރުން އެޕާޓްމަންޓްތައް ކުޑަވުމުގެ ސަބަބުން ތޮއްޖެހުން އާއްމުވެ ދިރިއުޅުމުގެ ހާލަތު ވެސް ދަށަށް ދާން ވަނީ ފަށާފަ އެވެ.

އެ ގައުމުގެ ލައިބާ ރިސާޗް ކޮމިއުނިޓީއިން ޖެނުއަރީ މަހު ނެރުނު ދިރާސާއެއްގައިވާ ގޮތުން 2010 ވަނަ އަހަރާއި 2019 އަހަރާ ދެމެދު ސްޓޫޑިއޯ ސްޓައިލްގެ 8500 އަށް ވުރެ ގިނަ އެޕާޓްމަންޓް ވަނީ ވިކިފަ އެވެ. -- ދަ ސްޓްރެއިޓް ޓައިމްސް