މީހަކާ ލޯބީގެ ގޮތުން ގުޅިގެން އުޅެ އެ ގުޅުން ދެމެހެއްޓުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެކި ގޮންޖެހުންތަކާ ކުރިތަމިވާނެ އެވެ. ދެމީހުންނަށް ވެސް ގޯސްތަކެއް ވެސް ހެދޭނެ އެވެ. ނަމަވެސް މިކަންކަމުން އަރައިގަނެ ގުޅުން ދެމެހެއްޓުމަކީ ކާމިޔާބު ގުޅުމެއްގެ ސިއްރެވެ.
މި ލިޔުމުގައި މި ބަލާލަނީ ލޯބީގެ ގުޅުންތަކަށް ހީނަރުކަން ގެނެސްދޭ ބައެއް ގޯސްތަކަށެވެ.
ބައިވެރިޔާއަށް ވަގުތު ނުދިނުން
ލޯބީގެ ގޮތުން ގުޅިގެން އުޅޭއިރު ބައިވެރިޔާއަށް ވަގުތު ދިނުމަކީ މުހިއްމު ކަމެކެވެ. އެގޮތުން ބައްދަލުވާ ވަގުތު ތަކުގައި ފޯނާ ކުޅުން ގިނަކުރުމާއި އެހެން ކަންކަމަށް ސަމާލުކަން ދިނުމަކީ ހެދޭ ގޯހެކެވެ.
ބައިވެރިޔާގެ އަގު ވަޒަން ނުކުރުން
ބައިވެރިޔާއަކީ ތިބާގެ ދިރިއުޅުމުގައި ކިހާ މުހިއްމު ހިއްސާއެއްކަން އަންގައިދޭން ޖެހޭނެ އެވެ. ނަމަވެސް ގިނަފަހަރަށް މިއީ އަހަރުމެންނަށް ދޫކޮށްލެވޭ ކަމަކަށް އޮންނަނީ ވެފަ އެވެ.
އިހުސާސްތައް ހިއްސާ ނުކުރުން
ތިބާގެ އިހުސާސްތައް ބައިވެރިޔާއާ ހިއްސާ ކުރުމަކީ ގުޅުން ބަދަހި ވުމުގެ ސިއްރެވެ. ކަމަކާ ހިތްހަމަ ނުޖެހުނަސް، ރުޅި އަޔަސް އެކަން ބައިވެރިޔާއަށް އަންގައިދޭށެވެ.
ބައިވެރިޔާ ބަދަލު ކުރަން މަސައްކަތް ކުރުން
ކޮންމެ މީހަކީ ވެސް ތަފާތު މީހެކެވެ. މިޒާޖާއި އުޅުން ވެސް ތަފާތު ވެދާނެ އެވެ. އެހެން ކަމުން ބައިވެރިޔާގެ މިޒާޖު ތިބާ އެދޭގޮތަށް ބަދަލު ކުރަން މަސައްކަތް ކުރުމަކީ ގުޅުމަށް ގެނެވޭ ހީނަރު ކަމެކެވެ.