"ސަރުކާރުގެ ހިދުމާތު މަރުކަޒު"ގެ ނަމުގައި އެކި އަތޮޅުތަކުގައި އިދާރާތަކެއް ހަދަން ސަރުކާރުން ނިންމި ނިންމުމަކީ ރައްޔިތުންނަށް ބާރުތައް ދިނުމުގެ ބަދަލުގައި އަތޮޅު އޮފީސްތަކާއި އަތޮޅުވެރިންގެ ނިޒާމު އަނބުރާ ގެނެސް، ގައުމު އެތައް އަހަރެއް ފަހަތަށް ވައްޓާލަން ކުރާ މަސައްކަތެއް ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
މިކަމާ ގުޅިގެން ކުރެއްވި ޕޯސްޓެއްގައި މޭޔަރު އާޒިމް ވަނީ، ލާމަރުކަޒީ ނިޒާމުގެ ބާރު ކަނޑުވާލައި މާޒީގެ އަނދިރި ދުވަސްތަކަށް ގައުމު ގެންދިއުމަށް ކުރާ މި މަސައްކަތް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފަ އެވެ.
މޭޔަރު ވިދާޅުވި ގޮތުގައި ސަރުކާރުން މަސައްކަތްކުރަނީ ކައުންސިލްތަކުގެ ބާރު ކަނޑުވާލައި، މައި ސަރުކާރުގެ މުށުތެރެއަށް ހުރިހާ ބާރެއް އަލުން ޖަމާކުރުމަށެވެ. އަދި ރައްޔިތުން ވޯޓުދީގެން އިންތިހާބުކޮށްފައިވާ ކައުންސިލްތަކުގެ ދައުރު ހަނިކޮށް، ސިޔާސީ ނުފޫޒު ފޯރުވަން ކުރާ މިފަދަ ކަންކަމަށް ޖާގަ ނުދެވޭނެ ކަމަށާއި، މިއީ ލާމަރުކަޒީ ހަގީގީ ރޫހާ މުޅިން ޚިލާފަށް ޑިމޮކްރަސީގެ އަގުތައް ވެއްޔާ މޮޑެލުން ކަމަށް ވެސް އޭނާ ސިފަކުރެއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއްޔެ އުފެއްދެވި މި "ސަރުކާރުގެ ހިދުމާތު މަރުކަޒު"ތައް ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް ރާއްޖޭގެ 18 އަތޮޅެއްގައި ގާއިމުކުރުމަށް ވަނީ ނިންމަވާފަ އެވެ. ސަރުކާރުން ބުނާ ގޮތުގައި މި މަރުކަޒުތައް އުފެއްދުމުގެ މައިގަނޑު ބޭނުމަކީ ގައުމީ އިދާރާތަކުން ދޭ ހިދުމަތްތައް، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އިންޓަގްރޭޓަޑް ސާވިސް ސެންޓަރުތަކެއް މެދުވެރިކޮށް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ.
މިކަމާ ގުޅިގެން ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.
ޔޫރޭނިއަމް ފައްކާކުރުން ހުއްޓާނުލާނެ ކަމަށް އީރާނުން ބުނެފި
އައިނު އަޅަންޖެހޭ ކުޑަ ކުދިންގެ އަދަދު އިތުރުވަނީ ކީއްވެ؟