ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާ ރާއްޖެއަށް ކުރާ ރަސްމީ ދަތުރުފުޅަށް ފަހު ޗުއްޓީ ވެސް ހޭދަކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.
މިމަހުގެ 21 ވަނަ ދުވަހު ރާއްޖެއަށް ހަސީނާ ރަސްމީ ދަތުރުފުޅެއް ރާއްޖެއަށް ކުރައްވާކަން ހާމަކޮށްފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ބަންގްލަދޭސްގެ ފޮރިން ސެކްރެޓަރީ މައްސޫދު ބިން މޮމެން ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ނައިބް ރައީސް ފައިސަލް ނަސީމާއެކު ބޭއްވި ބައްދަލުވުމުގައި އެވެ.
އެކަމަނާގެ މި ދަތުރުފުޅުގެ ތެރެއިން ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބަންގްލަދޭސް މީހުންގެ މައްސަލަ ހައްލު ކުރާމަށާއި ބަންގްލަދޭސް އާއި ރާއްޖެއާ ދެމެދު ވިޔަފާރީގެ ގުޅުން ބަދަހި ކުރުމަށް މަޝްވަރާތައް ކުރެވިގެން ދާނެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހަސީނާގެ މި ދަތުރުފުޅުގެ ތެރެއިން ރަސްމީ ކަންކަން ނިންމާލުމަށްފަހު ރާއްޖޭގައި ޗުއްޓީ ހޭދަކުރައްވާނެ އެވެ.
މި ދަތުރުފުޅުގައި އެކަމަނާ ޗުއްޓީ ހޭދަކުރަންވާނީ މާލެ ކައިރީގައިވާ އެނބޫދޫފިނޮޅު ހިއްކައިގެން އެ ތަނުގައި ހަދާފައިވާ ރިސޯޓެއްގަ އެވެ.
ދިވެހި ސަރުކާރުގެ ދައުވަތަކަށް ބޮޑު ވަޒީރު ހަސީނާ ރާއްޖެ ވަޑައިގަންނަވާތީ ބަންގްލަދޭސްގެ މީޑިއާގެ ޓީމެއް ވެސް މިވަގުތު މާލޭގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ.
ކުޅުދުއްފުށީގައި ނަފުސާނީ ދުޅަހެޔޮކަމަށް ހާއްސަ މަރުކަޒެއް
ނަފްސާނީ އެހީ ބޭނުންވާ މީހަކަށް ދީގެން ނުވާނެ "ނަސޭހަތެއް"!
ގްރަމީގެ 9 ކެޓަގަރީއަކަށް "ދުރަންދަރް 2"ގެ މިއުޒިކް ހުށައަޅައިފި