ފައިސާއަށް ޑިމާންޑްކޮށް، ސްޓެލްކޯގެ އައިޓީ ނެޓްވޯކަށް ހެކަރުންތަކެއް ހަމަލާދީ ސިސްޓަމްތައް ޑައުންކޮށްލައިފި އެވެ.
ކަރަންޓްގެ ހިދުމަތް ދޭ ސަރުކާރުގެ މައި ކުންފުނީގެ ނެޓްވޯކަށް ރެންސަމް އެޓޭކްތަކެއް ދިނުމުން ސްޓެލްކޯ އިން އޮންލައިންކޮށް ދެމުން އަންނަ ހުރިހާ ހިދުމަތްތަކެއް ވަނީ ހުއްޓިފަ އެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު "ހުރިހާ"އަށް މިއަދު ވިދާޅުވީ އެ ކުންފުނީގެ އައިޓީ ނެޓްވޯކަށް ހަމަލާދިނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފަތިހު ކަމަށެވެ. އަދި އެއާއެކު އެ ކުންފުނީގެ އައިޓީ ނެޓްވޯކް އެއްކޮށް ޑައުންކޮށްލި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިހާރު އެ މައްސަލަ ހައްލުކުރަން އަޅުގަނޑުމެން އައިޓީ އިންޖިނިއަރުން ހަފުތާގައި ވަރަށް ގިނަ މަސައްކަތްކުރި. އެ މައްސަލަ ދެނެގަނެ ހަމަލާދިން ނެޓްވޯކް އެއްކައިރިކޮށް އެހެން ނެޓްވޯކެއް މިހާރު ވަނީ އަޅާފައި،" ޝަރީފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރު ދިމާވި މައްސަލަ ހައްލުކޮށް އަލުން އޮންލައިން ހިދުމަތްތައް މާދަމާ ދޭން ފެށޭވަރުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މި ހަމަލާއެކު ސްޓެލްކޯގެ ކަރަންޓް ނެޓްވޯކަށް އެއްވެސް މައްސަލައެއް ދިމާނުވާ ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކަރަންޓް ނެޓްވޯކް ހުންނަނީ މެނުއަލްކޮށް. އެހެންވީމަ މި ހަމަލާގެ ސަބަބުން ކަރަންޓު ދިނުމުގެ ހިދުމަތަށް އެއްވެސް ބުރުލެއް ނާރާނެ،" އޭނާ ވިދާޅުވި އެވެ.
ޓްރެފިކް ބެލެހެއްޓުމުގެ ނަމުގައި މާލޭގެ މަގުތައް ބަންދުކުރަނީ
"އޮމެގާ 3"އިން ހަނދާނަށް އެއްވެސް އަސަރެއް ނުކުރޭ: ދިރާސާ
ދިރާގާއި މިނީސޯ ގުޅިގެން "ގެސް ދަ ސްކޯ" ޕްރޮމޯޝަން ފަށައިފި