ބެލްޖިއަމްއަށް ނިސްބަތްވާ ރޭސްޖަހާ ކޮތަރެއް، ރިކޯޑް އަގެއް ކަމަށްވާ 1.6 މިލިއަން ޔޫރޯއަށް ވިކިއްޖެ އެވެ.
"ނިއު ކިމް"ގެ ނަމުން ނަންދީފައިވާ އުމުރުން ދެ އަހަރުގެ މި ކޮތަރު އެންމެ ފުރަތަމަ ނީލަން ކިޔާފައިވަނީ 200 ޔޫރޯ އަށެވެ. އެހެން ނަމަވެސް ބިޑް ކޮށްގެން ޗައިނާއަށް ނިސްބަތްވާ މީހަކު ވަނީ މި ރިކޯޑް އަދަދަށް ކޮތަރު ގަނެފަ އެވެ.
މި ކޮތަރު ގެންގުޅުނު ކާޓް ވޭކް ޑި ވޮވްވާ ބުނި ގޮތުގައި މިހާ ބޮޑު އަގެއްގައި ކޮތަރު ވިކުމުން އާއިލާއަށް ވެސް ލިބުނީ ޝޮކެއް ކަމަށެވެ.
މީގެ ކުރިން އެންމެ އަގުބޮޑުކޮށް ވިކިފައިވަނީ ހަތަރު އަހަރު ފުރިފައި ހުރި ފިރިހެން ކޮތަރެކެވެ. އެ ކޮތަރު ވިކިފައިވަނީ 1.25 މިލިއަން ޔޫރޯ އަށެވެ.
ޗެމްޕިއަން ރޭސާ އަރްމޭންޑޯ މަޝްހޫރުވެފައި ވަނީ "ލުއިސް ހެމިލްޓަން އޮފް ޕިޖަންސް"ގެ ނަމުން މަޝްހޫރުވެފައިވާ ފޯމިއުލާ 1 ޗެމްޕިއަންޝިޕަށް ފަހުގަ އެވެ. އޭގެ ފަހުން ރިޓަޔާ ވުމަށްފަހު 2019 ވަނަ އަހަރު ވިއްކާލިއިރު އޭތީގެ ދަރިން ވެސް ތިއްބެވެ.
ނިއު ކިމްވެސް ވަނީ 2018 ވަނަ އަހަރު ރޭސް ޖެހުމުގެ ގިނަ މުބާރާތްތައް ކާމިޔާބު ކޮށްފަ އެވެ. އޭގެ ތެރެއިން ގައުމީ މިޑްލް-ޑިސްޓޭންސް ރޭސްތައް ވެސް ހިމެނެ އެވެ. އެއަށް ފަހު ވަނީ ރިޓަޔާ ވެފަ އެވެ.
އާރްމެންޑޯ ގޮތަށް ނިއު ކިމް ގަނެފައިވަނީ ވެސް ޗައިނާގެ ދެ މީހުންގެ މެދުގައި ވާދަވެރި ބިޑަކަށް ފަހުގަ އެވެ. ޗައިނާގައި މި ފަހަކަށް އައިސް ކޮތަރު ރޭހުގެ މަގުބޫލުކަން ވަނީ އިތުރުވެފަ އެވެ.