ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އުވާލައި، އެ ކުންފުނި އެމްޓީސީސީއާ އެއްކޮށްލަން ނިންމުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން އެބަތިބި ކަމަށާއި، އޭގެ ތެރެއިން ގިނައީ ޕްރޮޖެކްޓްތަކަށް ނަގާފައިވާ ކޮންޓްރެކްޓް މުވައްޒަފުން ކަމަށް އެ ކުންފުނީގެ ސީއީއޯ އަހްމަދު ސައުދީ ވިދާޅުވެއްޖެ އެވެ.
ޓީވީއެމްގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ސައުދީ ވިދާޅުވީ، ދެ ކުންފުނި އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި ތިބި 6،700 މުވައްޒަފުންގެ ތެރެއިން ދާއިމީ މުވައްޒަފުންގެ އަދަދަކީ 2،500 ކަމަށެވެ. އަދި އާރްޑީސީގައި 4،000 އަށްވުރެ ގިނަ މުވައްޒަފުން ތިބިއިރު، އެ މުވައްޒަފުން ވެސް ކުންފުންޏާ ގުޅުމުން ވަރަށް ގިނަ މުވައްޒަފުން ތިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ ސަބަބުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެމްޓީސީސީގެ މުވައްޒަފުންނާއި މަޝްރޫއުތައް ގާއިމުވެފައި ހުންނާނެކަން އޭނާ ފާހަގަކުރެއްވި އެވެ.
ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުންނާއި ދައުލަތުގެ ކުންފުނިތަކުގެ (އެސްއޯއީ) ހިންގުން ހަރުދަނާކުރުމަށް، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން (ޕީސީބީ) ވަނީ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރަން އަންގާފަ އެވެ. ނަމަވެސް މަޝްރޫއުތައް ގިނަވުމުގެ ސަބަބުން ކުންފުންޏަށް މުވައްޒަފުން ނަގަމުންދާ ކަމަށް މެނޭޖްމަންޓުން ބުނާއިރު، އިންތިހާބުތަކާ ދިމާކޮށް ސިޔާސީ ބޭނުންތަކަށް އެސްއޯއީތަކަށް މުވައްޒަފުން ނަގާ ކަމުގެ ތުހުމަތު އިދިކޮޅު ފަރާތްތަކުން ވަނީ ކޮށްފަ އެވެ.
ސަމާލުވޭ! ފޯނާއި ލެޕްޓޮޕްގެ ސްކްރީން އަލިން ލޯތައް ހަލާކުވަނީ!
ސައުދީގެ އެއާޕޯޓަށް ހޫތީން ހަމަލާދީ 12 މީހުން މަރާލައިފި
